އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން ފަނޑިިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން ވޯޓު ދެއްވީ 53 މެންބަރުންނެވެ. ނުފެންނަ ކަމަށް 21 މެންބަރުން ވޯޓު ދެއްވިއިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ. ފާއިޒާއި މުއުތަސިމް ވަކިކުރަން ބޭނުންވީ 50 ވޯޓެވެ. ވޯޓުގައި ބައިވެރިވެވަޑައިގަތީ 74 މެންބަރުންނެވެ.
މިއަދުގެ ވޯޓުގެ ކުރިން ޕީޕީއެމްއިން ވަނީ ތްރީ ލައިންވިޕެއް ނެރެ ދެ ފަނޑިޔާރުން ވަކިކުރުމަށް ވޯޓު ދޭން ނިންމާފައި އެވެ. ނަމަވެސް ޕީޕީއެްގެ މެންބަރުންގެ ތެރެއިން ކުޅުދުއްފުށީ އިތުރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކުއްޓި) އެއްވެސް ކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެ އެވެ..
އެމްޑީޕީން ފަނޑިޔާރުން ވަކި ނުކުރުމަށް ވޯތުދޭން ތްރީ ލައިންވިޕެއް ނެރުނުނަމަވެސް އެ ޕާޓީގެ ބައެއް މެންބަރުން މިއަދު ޖަލްސާއަށް ހާޒިރުވެފައެއް ނުވެ އެވެ. ޖޭޕީން ވަނީ އެ މެންބަރަކު ބޭނުން ކޮޅަކަށް ވޯޓު ދިނުމަށް ފުރުސަތު ހުޅުވާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް