އިންޑިއަން ސުޕަރލީގު: ސެމީފައިނަލް ފުރަތަމަ ލެގުން މޮޅުވެ ކެރެލާއިން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި

ހީރޯ އިންޑިއަން ސުޕަރލީގުގެ ސެމީފައިނަލް ފުރަތަމަ ލެގުން ކެރެލާއިން ޗެންނާއީ އެފްސީގެ މައްޗަށް ތަފާތުބޮޑުކޮށް ކުރިހޯދާ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ. ކެރެލާ ބްލާސްޓަރސްއިން ޗެންނާއީ އެފްސީގެ މައް...

14 Dec 2014 | 06:37

ހީރޯ އިންޑިއަން ސުޕަރލީގުގެ ސެމީފައިނަލް ފުރަތަމަ ލެގުން ކެރެލާއިން ޗެންނާއީ އެފްސީގެ މައްޗަށް ތަފާތުބޮޑުކޮށް ކުރިހޯދާ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ކެރެލާ ބްލާސްޓަރސްއިން ޗެންނާއީ އެފްސީގެ މައްޗަށް ކުރިހޯދާފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. ނެހްރޫ ސްޓޭޑިއަމްގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ސެމީ ފައިނަލް މެޗު ކުރިއަދިޔައިރު، މެޗުގެ ފުރަތަމަ ގޯލް ކެރެލާއަށް ކާމިޔާބުކޮށްދިނީ އަހުމަދެވެ.

ދެ މިނެޓްގެ ތެރޭގައި ކެރެލާއިންވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. ކެރެލާގެ ފޯވަރޑް ހުމޭ ގޯލަށްފަހުވެސް ކެރެލާއިންވަނީ އިތުރު ހަމަލާތަކެއް އުފައްދާފައެވެ.

އިންޑިއާ ސުޕަރލީގުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އެލާނޯގެ ޗެންނާއީއަށް މެޗުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، ކެރެލާގެ ލީޑު މެޗުގެ ފަހުވަގުތުގައި އިތުރަށް ފުޅާކޮށްދިނީ ޝުޝާންތެވެ.

މި ދެޓީމް ބައްދަލުކުރާ 2 ވަނަ ލެގު އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުގައެެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި މިރޭ ބައްދަލުކުރާނީ އެތްލެޓިކޯ ޑި ކޮލްކަޓާ އަދި އެފްސީ ގޯއާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް