ސްޕެނިޝްލަލީގާ: ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލާ ބަރސެލޯނާ އެއްވަރުވެއްޖެ

ސްޕެނިޝްލަލީގާގައި ރޭ ބަރސެލޯނާއިން ގެޓާފޭއާއި ދެކޮޅަށް ކުޅުނު މެޗުގައި ގޯލް ޖެހުމަށް ބަރސާއަށް ލިބުނު ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލާ މެޗުން އެއްވަރުވެއްޖެއެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފައްޓައިގެ...

14 Dec 2014 | 05:22

ސްޕެނިޝްލަލީގާގައި ރޭ ބަރސެލޯނާއިން ގެޓާފޭއާއި ދެކޮޅަށް ކުޅުނު މެޗުގައި ގޯލް ޖެހުމަށް ބަރސާއަށް ލިބުނު ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލާ މެޗުން އެއްވަރުވެއްޖެއެވެ.

މެޗުގައި ގިނަވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު ބަރސާއަށް މެޗުގައި ގިނަ ހުސް ފުރުސަތުތަކެއް ލިބުނުއިރު، ލިއޯ މެސީގެ ނުރައްކާތެރި ހަމަލާއެއް ގޯލްގެ ދަނޑިއާވެސްވަނީ އަމާޒްވެފައެވެ.

ރަށުން ބޭރުގައި ބަރސާ ކުޅުނު މެޗުގައި 23 ހަމަލާ އުފެއްދިއިރު ގޯލަށް އަމާޒުކުރެވިފައިވަނީ 2 ހަމަލާއެކެވެ.

މެޗަށްފަހު ބަރސާގެ މިޑްފީލްޑަރ ޒަވީ ބުނެފައިވަނީ މެޗުން އެއްވަރުވުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. "މި ކަހަަލަ މެޗުތަށް ކުރިންވެސް ތަޖުރިބާ ކުރިން، ނަމަވެސް މިއަދު ބޯޅަ ގޯލަށް ވަނުމަށް އިންކާރު ކުރި ކަހަލަ." ޒަވީ އިތުރަށް ބުންޏެވެ.

ފިނި މޫސުމަށް ސްޕެނިޝްލަލީގާގެ މެޗުތަށް އަންނަ ޖެނުއަރީމަހަށް މެދު ކަނޑާލާއިރު، ސްޕެނިޝްތާވަލުގެ އެއްވަނައިގާ ރިއާލް މެޑްރިޑް އޮތީ 4 ޕޮއިންޓްގެ ފަރަގެއްގައެވެ. ބަރސާއޮތީ 2 ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް