ބަޑިޖަހައި ޓައިގާ މަރާލަން މަސައްކަތް ކޮށްފި، ޒިންމާ ނެގީ ސަލްމާން މަރާލަން އުޅޭ ގޭންގުން!

19 Oct 2026 | 03:38
ޓައިގާ ޝްރޮފް --

ޓައިގާ ޝްރޮފް --

އިންޑިއާގެ މުމްބާއީގައި ބޮލީވުޑް ތަރި ޓައިގާ ޝްރޮފްގެ ގަޔަށް ބަޑިޖަހައި، އޭނާ މަރާލަން މަސައްކަތް ކޮށްފި އެވެ.

މި ހާދިސާ ހިނގީ މުމްބާއީގެ ޖުހޫގެ ޕާކެއްގެ ކައިރީގައެވެ. ޓައިގާ އެތާ ކައިރީ ހުރި އިމާރާތަކުން ނުކުމެ ކާރަށް އަރައި ކާރު ނައްޓާލިތާ މާ ގިނަ އިރެއް ނުވެ މޫނު ނިވާކޮށްގެން ތިބި ދެތިން މީހުން ވަނީ ކާރުގައި ޓައިގާ އިން ފަޅިން ބަޑި ޖަހަން ފަށާފައި އެވެ. މި ހަމަލާގައި އޭނާ ގަޔަށް އެއްވެސް ވަޒަނެއް ނާރަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވަޒަން އެރީ އެތާ ކައިރީގައި އޮތް އޮޓޯއެއްގެ ޑްރައިވަރެއްގެ ގަޔަަށެވެ. މި ހާދިސާގައި ޓައިގާ އާއި ޑްރައިވަރަށްވެސް އަނިޔާވެފައިވެ އެވެ. ތިން މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.

ޓައިގާ ދިން ހަމަލާގެ ޒިންމާ ނަގާ ކަމަށް އިންޑިއާގެ މަޝްހޫރު މީހުންނަށް ހަމަލާދޭ ގޭންގެއް ކަމަށްވާ ލޮރެންސް ބިންސޯއީން ވަނީ ބުނެފައި އެވެ. އެ ގޭންގުގެ އިސް މީހުން ތަކެއްގެ ފޭސްބުކް ޕޭޖަކާއި ހަވާލާދީ އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި އެ ގޭންގުން ވަނީ ޓައިގާއަށް ހަމަލާ ދިނީ އެމީހުންނަށް ނުކިޔަމަންތެރިވެ، ސަލްމާން ހާންގެ ފަޅީގައި މަސައްކަތް ކުރާތީ ކަމަށް ބުނެފައި އެވެ.

ނަމަވެސް އެ ވާހަކައިގެ ޞައްޙަކަމާއި ހަމަލާއާ އޮތް ގުޅުން އަދި ވަކިން ކަށަވަރުވެފަ ނުވާކަމަށްވެ އެވެ.

މުމްބާއީ ފުލުހުން ތުހުމަތުކުރެވޭ މީހުން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައި އެވެ. މުމްބާއީ ފުލުހުން ބުނީ 15 ޓީމަކުން ޓައިގާއަށް ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މަހާރާޝްޓްރާގެ ޗީފް މިނިސްޓަރު ދޭވެންދްރަ ފަޑްނަވިސް ފުލުހުންނަށް ތަހުގީގު އަވަސް ކުރުމަށް އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފާއިތުވި އަހަރުތަކުގައި އިންޑިއާގެ ފިލްމީ ދާއިރާގެ އެތައް ބަޔަކަށް އަމާޒުކޮށް ބަޑިޖަހާފައިވާއިރު، މިއަހަރުގެ ފެބްރުއަރީ މަހު ފިލްމް ޑައިރެކްޓަރު ރޯހިތް ޝެޓީގެ ގޭ ބޭރުގައި ހުއްޓަ އޭނާއަށް އަމާޒުކޮށް ފަސް ވަޒަން ޖަހާފައިވެއެވެ. އެ ހަމަލާގެ ޒިންމާވެސް ނަގާފައިވަނީ ލޯރެންސް ބިޝްނޮއީ ގޭންގުންނެވެ.

2024 ވަނަ އަހަރުގެ އެޕްރީލް މަހު ބާންދްރާގައިވާ ސަލްމާން ޚާންގެ ގެލެކްސީ އެޕާޓްމަންޓްސް ބޭރުގައިވެސް ދެ މީހަކު ބަޑި ޖަހާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް