އިސްލާމިކް ރިދަމްގެ "އޮއްސުމުން"
އިސްލާމިކް ރިދަމްގެ އައު މަދަހައެއް
ރިލީޒްކޮށްފިއެވެ.
"އޮއްސުމުން" މި ނަމުގައި މިއަދު އިސްލާމިކް
ރިދަމްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ރިލީޒްކޮށްފައިވާ މި މަދަހައިގާ ކާއިނާތުގެ
ޤުދުރަތީ ނިޒާމުގެ ރީތިކަމާ ހިތްގައިމު ކަމާ ހިތްފަސޭހަކަމާ ގުދުރަތީ ނިޒާމުން
ހިތަށް ގެނުވާ ހިތްހަމަޖެހުމާ ސާދަވިލޭރޭގެ ހަނދުވަރުގެ ނަލަކަމާއި ހަމަ އެހެންމެ ނިޒާމު
ފުރިހަމަވެގެންދަނީ ބޯ ވިއްސާރައާއި ކަޅު ވިލާތަކާއި ގުގުރުމާއެކުގައިކަން
ދައްކުވައިދެއެވެ.
ހުރިހާކަމަކަށް ޝުކުރުވެރިވެ ހަމްދުކޮށް، ޝުކުރު
ހަމްދުގެ ކުރު ކަލިމަތައް ކަމުގައިވާ، سُبْحَانَ ٱللَّٰهِ، ٱلْحَمْدُ لِلَّٰهِ، مَا شَاءَ ٱللَّٰهُ ފަދަ ކަލިމަތައް
ޅެމުގައި އެމުނިއެކުލަވާލާފައިވެއެވެ.
އަޙްމަދު ރިފާޢުގެ ޅެމަކަށް މޫސާ ޝިފާއު
ކިޔާދީފައިވާ މި ލަވަ ރެކޯޑުކޮށްފައިވަނީ ހުސެއިން ތައުފީޤެވެ. ވީޑިއޯ
ތައްޔާރުކޮށްފައިވަނީ އޯކޭޒްގެ ފަރާތުންނެވެ. މެއިން ކެރެކްޓާގެ ގޮތުގައި
ފެނިގެންދަނީ އުމަރް ބިން އިސްހާޤެވެ. މީޑިއާ ޕާޓްނަރަކީ ވޮއިސްއެވެ. މަދަހަ
ތައްޔާރުކޮށް ރިލީޒް ކުރުމުގައި ހަސަން ޝަހީމްގެ އެހީ އިސްލާމިކް ރިދަމްއިން
ފާހަގަކުރެއެވެ.
އިސްލާމިކް ރިދަމްއިން ކުރިއަށްގެންދާ މިފަދަ ޕްރޮޖެކްޓްތަކަށް
އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތުވެސް އެބަ އޮތެވެ.
އިސްލާމިކް ރިދަމްގެ ބޭންކް އެކައުންޓް މަޢުލޫމާތު:
- އެކައުންޓް ނަމްބަރު: 9010140033971000
- އެކައުންޓް ނަން: ISLAMIC RHYTHM
- ބޭންކް: މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް