އެމްޑީޕީގެ ލީޑަރޝިޕް 2019ގެ އިންތިހާބުގައި އެޕާޓީގެ ނައިބް ރައީސްގެ މަޤާމަށް ވާދަކުރައްވާ މުހައްމަދު އަސްލަމު، ރައްޔިތުންނާއި ބައްދަލުކުރުމަށް އުތުރުގެ ރަށްތަކަށް ޒިޔާރަތްކުރުމަށް ނިންމައިފިއެވެ.
އެގޮތުން އަސްލަމް އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި ހއ، ހދ، ށ، ނ، ރ އަދި ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށާއި އެގޮތުން ކޮންމެ ރަށެއްގެވެސް އެމްޑީޕީގެ މެމްބަރުންނާއި އަދި ރަށުގެ ރައްޔިތުންނާއި ވަކިން ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ 15 ނޮވެމްބަރު އިން 17 ނޮވެމްބަރގެ ނިޔަލަށް ކަމުގައި އަސްލަމްގެ ކެމްޕޭނު ޓީމުން ބުނެއެވެ.
'ތިލަފަތަށް ސިޔާސަތު'ގެ ދަށުން އަސްލަމްގެ ކެމްޕެއިން ކުރިއަށްގެންވާއިރު އައްޑޫސިޓީ، ފުވައްމުލައް ސިޓީ އަދި ހުވަދޫ އަތޮޅުގެ ބައެއް ރަށްރަށަށްވެސް ވަނީ ވަޑައިގަންނަވާފައެވެ.
އޭގެ އިތުރުން ކ.އަތޮޅުގެ ރަށްތަކަށްވެސް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށްފައިވެއެވެ.
'ތިލަފަތަށް ސިޔާސަތު'ގެ ދަށުން މައިގަނޑު ހަތަރު ކަމަކަށް އަސްލަމް ވައުވެވަޑައިގަންނަވައެވެ. އެގޮތުން އަތޮޅު / ސިޓީ ސެކްރެޓޭރިއޭޓުން ޤާއިމް ކުރުން، އަހަރަކު އެއްފަހަރު ކޮންގްރެސްއެއް ބޭއްވުން، ފިޔަވަޅު އަޅާ ކޮމިޓީ ހިންގުން އަދި އާއްމު މެމްބަރުންނަށްބަދަލު ހޯދައި ދިނުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް