ސޯލާ ހަކަތަ ބޭނުންކޮށްގެން ނައިފަރު ޣުފްރާން މިނިސްކިތް އޭސީ ކުރަނީ

ސޯލާ ހަކަތަ ބޭނުންކޮށްގެން ޅ.ނައިފަރުގެ މަސްޖިދުލް ޣުފްރާން މިސްކިތް އޭސީ ކުރުމަށް އިސްލާމިކް މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ. އިއާދަކުރެނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިތްތަކަށް ކަރަން...

14 Nov 2019 | 09:07

ސޯލާ ހަކަތަ ބޭނުންކޮށްގެން ޅ.ނައިފަރުގެ މަސްޖިދުލް ޣުފްރާން މިސްކިތް އޭސީ ކުރުމަށް އިސްލާމިކް މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.

އިއާދަކުރެނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިތްތަކަށް ކަރަންޓު ދިނުމަށް އިސްލާމިކް މިނިސްޓްރީން ކުރައްވާ މަސައްކަތުގައި ނައިފަރުގެ ޣުފްރާން މިސްކިތުގައި ސޯލާ ހަކަތަ ބޭނުންކޮށްގެން އޭސީ ކުރުމަށް ހަވާލުކޮށްފައި ވަނީ އަވި ޓެކްނޮލޮޖީ ކުންފުންޏާއެވެ.

އެކުންފުންޏާ މިމަޝްރޫއު ހަވާލުކޮށްފައި ވަނީ މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޖުމްލަ 745،734.33 ރުފިޔާއަށް އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ އަށް ދުވަހުން ނިންމާގޮތަށެވެ.

އެ އެއްބަސްވުމުގައި އަވި ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ ހަސަން ޔާސިރުއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ އަހުމަދު ޒާހިރުއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން މިސްކިތުގެ ކަރަންޓަށް ކުރާ ހޭދައިގެ 50 އިންސައްތަ ކުޑަވެގެން ދާނެ ކަމުގައެވެ. އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 10 މިސްކިތެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު ފޯރުކޮށްދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިފަރުގެ ޣުފްރާން މިސްކިތަކީ 900 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް