މުރާޖައާކޮށްފައި ނޫނީ ޝަރީއަތްތައް ލައިވް ނުކުރަން ނިންމައިފި

ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާ ޝަރީއަތްތައް މުރާޖައާކޮށްފައި ނޫނީ ވަގުތުން ޓެލެކާސްޓް ނުކުރާގޮތަށް ނިންމައި، އުސޫލަށް ބަދަލުގެނެސްފި އެވެ. ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ...

14 Nov 2019 | 07:17

ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާ ޝަރީއަތްތައް މުރާޖައާކޮށްފައި ނޫނީ ވަގުތުން ޓެލެކާސްޓް ނުކުރާގޮތަށް ނިންމައި، އުސޫލަށް ބަދަލުގެނެސްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެފަދައިން ގޮތް ނިންމި ނަމަވެސް މިހާރު ޓެލެކާސްޓް ކުރަން ފަށާފައިވާ މައްސަލައިގައި ދެ ފަރާތުންކުރެ ފަރާތަކުން ޓެލެކާސްޓް ކުރުމަށް އިއުތިރާޒް ނުކުރާނަމަ، ޓެލެކާސްޓް ކުރާނެ ކަމަށެވެ.

މީގެ އިތުރުން، މިހާރު ޓެލެކާޓްކުރާ ޝަރީއަތްތައް ދެން އެންމެ އަވަހަށް ބޭއްވޭ އަޑުއެހުމެއްގައި ޓެލެކާސްޓް ކުރަން ފެށުމުގެ ކުރިން އެކަމާއިމެދު ދެފަރާތުގެ ބަހެއް ހޯދުމަށްފަހު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް ވެސް އެކޯޓުން ވަނީ ބުނެފައެވެ.

މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާ ޝަރީއަތްތަކުގެ ތެރެއިން ލައިވް ކުރާ ޝަރީއަތަކީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް