ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާކަމުން ޑރ.މުޙައްމަދު ޝަޙީމް އަލީ ސާއީދު އިސްތިޢުފާ ދެއްވަން ނިންމަވައިފިއެވެ.
ރައީސެް ޔާމީނުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަންވެސް ކުރެއްވި ޑރ.ޝަހީމް ވިދާޅުވީ މާދަމާ މަގާމުން އިސްތިޢުފާ ދެއްވާނެ ކަމަށެވެ. ޑރ.ޝަހީމް އަކީ އިސްލާމިކް ޔުނިވާސިޓީގެ ދެވަނަ ޗާންސެލާ އެވެ.
ޑރ.ޝަހީމް ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ވާދަކުރެއްވި ރައީސް އަބްދުﷲ ޔާމީންގެ ރަނިންގް މޭޓެއްގެ ގޮތުގައި އިންތިޙާބުގައިވެސް ބައިވެރިވެފައެވެ. އަދި އިންތިހާބު ކާމިޔާބު ނުވުމުން ސިޔާސީ މަސައްކަތާއި އެއް ފަރާތްވުމަށްފަހު އުޅުއްވީ ޔުނިވާސިޓީގެ މަސައްކަތުގައެވެ. އަދި މިމަހުގެ ތެރޭގައި ސިޔާސީ މަސައްކަތާއި ދީން ކުރިއެރުވުމުގެ މަސައްކަތަށް އަލުން ނިކުންނާނެކަމަށްވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޑރ.ޝަހީމް އިސްތިއުފާ ދެއްވަން ނިންމާފައިމިވަނީ އިންތިހާބި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ސިޔާސީ މަގާމުތަކުގައި ތިއްބެވު ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް