މަޖިލިސް މެމްބަރުކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ކަމުން އަބްދުﷲ ޝާހިދު އިސްތިއުފާދެއްވައިފިއެވެ. ޝާހިދު ވިދާޅުވީ މިއަދަކީ މަޖިލީހުންފެނިވަޑައިގަންނަވާނެ އެންމެ ފަހު ދުވަސް ކަމަށާއި، މަޖިލީހަށ...

14 Nov 2018 | 11:08

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ކަމުން އަބްދުﷲ ޝާހިދު އިސްތިއުފާދެއްވައިފިއެވެ.

ޝާހިދު ވިދާޅުވީ މިއަދަކީ މަޖިލީހުންފެނިވަޑައިގަންނަވާނެ އެންމެ ފަހު ދުވަސް ކަމަށާއި، މަޖިލީހަށް ކޮށްދެއްވި އިޚްލާސްތެރި މަސައްކަތް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދެއްވާނޭކަމަށެވެ. މެމްބަރު ކަމުން ވަކިވެ ވަޑައިގެންނެވެކަމުގައިވިޔަސް ރައްޔިތުނަނަށް ޚިދުމަތް ކުރުމުމުގައި ސާބިތުވެ ހުންނަވާނެކަމަށް ޝާހިދު ވިދާޅުއެވެ.

ޝާހިދަކީ ރައްޔިތުންގެ މަޖިލީހަށް ގިނަ ދުވަސްތަކއްވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި އެބޭފުޅާ ވަނީ މަޖިލީހުގެ ރައީސްކަންވެސް ކޮށްދެއްވާފައެވެ. މީގެ އިތުރުން އެމްޑީޕީއާއި ގުޅިވަޑައިގެން ރައީސް މުހައްމަދު ނަޝީދުގެ ފޮރިން މިނިސްޓަރަކަށްވެސް ޝާހިދު ހުންނެވިއެވެ.

އަބްދުﷲ ޝާހިދަކީ އެމްޑީޕީގެ ފޮރިން ރިލޭޝަން ކޮމެޓީވެސް ލީޑް ކުރައްވާ ބޭފުޅެކެވެ. ޝާހިދަކީ މާސްޓާސް ހައްދަވާފައި ވަނީ އިންޓަނޭޝަނަލް ރިލޭޝަނުސްގެ ދާއިރާއިންނެވެ. ޝާހިދު އިސްތިއުފާދެއްވައި، އިބޫގެ ސަރުކާރާއި ގުޅިވަޑައިގަންނަވާއިރު އަދިވެސް ޝާހިދު އަދާކުރައްވަނީ އާ ސަރުކާރުގެ ކޮން މަގާމެއްކަން ހާމަ ކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް