އިބޫގެ ސަރުކާރުގައި ހަތަރު އެއަރޕޯޓު ހަދަން ބަޖެޓުކޮށްފި

މިއަހަރުގެ ރިޔާސީ އިންތިޙާބުގައި އިންތިޙާބުވެ ވަޑައިގަތް ރައީސް އިިބްރާހިމް މުޙައްމަދު ޞާލިހް (އިބޫ) ގެ ވެރިކަމުގައި ހަތަރު ރަށެއްގައި އެއަރޕޯޓު ހަދަން ބަޖެޓުކޮށްފިއެވެ. އަންނަ އަހަރުފެ ތެރޭގައި އަލަށ...

14 Nov 2018 | 11:01

މިއަހަރުގެ ރިޔާސީ އިންތިޙާބުގައި އިންތިޙާބުވެ ވަޑައިގަތް ރައީސް އިިބްރާހިމް މުޙައްމަދު ޞާލިހް (އިބޫ) ގެ ވެރިކަމުގައި ހަތަރު ރަށެއްގައި އެއަރޕޯޓު ހަދަން ބަޖެޓުކޮށްފިއެވެ.

އަންނަ އަހަރުފެ ތެރޭގައި އަލަށް ފަށާ މަޝްރޫއުތަކުގެ ތެރެއިން ހަތަރު ރަށެއްގައި އެއަރޕޯޓު އެޅުން ހިމަނާފައިވަނީ 2019 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުއެވެ. އެއާޕޯޓް ތަރައްގީ ކުރަން ހޭދަކުރާ ރަށްރަށުގެ ތެރޭގައި މ.މުއްޔާއި، ގދ.ފަރެސްމާތޮޑާ އާއި ހދ.މާފިނޮޅު މަޝްރޫއު ހިމެނެ އެވެ. އަދި ހދ.ކުޅުދުއްފުށީގައި ހަދާފައިވާ އެއާޕޯޓު ތަރައްގީ ކުރަންވެސް ބޮޑު ހޭދައެއް ކުރާނޭކަމަށް ބަޖެޓުގައި ވެއެވެ.

ބަޖެޓުގައިވާ ގޮތުން ދަޢުލަތުގެ ބަޖެޓުން ޕަބްލިކް ސެކްޓާރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި ޖުމްލަ 544 މަޝްރޫއު ހިންގައި 315 މަޝްރޫއާއި އަލަށް ފެށުމަށް ހަމަޖައްސާފައިވެއެވެ. އަދި މި މަޝްރޫއުތަކަށް ދެ ބިލިޔަން ރުފިޔާ ހޭދަކުރާނޭ ކަމަށް ބަޖެޓުގައިވެއެވެ.

މީގެ އިތުރުން 17 ރަށެއްގައި ބިން ހިއްކުންވެސް ބަޖެޓުގައި ހިމަނާފައިވެއެވެ. އަދި ސުކޫލު ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމަށް 50 މިލިޔަން ރުފިޔާ އަދި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ފުރުސަރު ދިނުމަށްވެސް ބަޖެޓަށް 50 މިލިޔަން ރުފިޔާ ވަނީ ހުށަހަޅާފައެވެ.  އާ ސަރުކާރުގެ މަޝްރޫއުތައް ހިމަނައިގެން ހުށަހެޅި ބަޖެޓަށް 29.6 ބިލިއަން ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް