އެމްޕީ ޝަހުދީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފި

ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ. ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން، ފޯމު ހަވާލުކޮށްފައިވަނީ އެ ޕާޓީގެ ރައީސް އަލީ ވަހީދާއެވެ. ޝަހުދީ ޖުމްހޫރީ ޕާޓީއާއި ...

14 Nov 2018 | 10:54

ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން، ފޯމު ހަވާލުކޮށްފައިވަނީ އެ ޕާޓީގެ ރައީސް އަލީ ވަހީދާއެވެ.

ޝަހުދީ ޖުމްހޫރީ ޕާޓީއާއި މިއަދު ގުޅިވަޑައިގެންފައިވާއިރު ސިޔާސީ ދާއިރާގައި ވަރުގަދަ ފަރާތްތަކެއް މި ފަހުން އަންނަނީ ޖުމްހޫރީ ޕާޓީއާއި ގުޅެމުންނެވެ. އެގޮތުން އިއްޔެ އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައިވާއިރު އޭގެ ކުރީ ދުވަހު، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައިވެއެވެ.

ގޮނޑި ގެއްލުނު ކަމަށް އީސީން ކުރިން ނިންމި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝަހުދީ އެންމެ ފަހުން ހުންނެވީ ޕީޕީއެމްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް