ވެލެޒިނީއަށް ދޭންޖެހޭ ފަރުވާއެއްވާނަމަ ލިބިދެވޭނެކަމުގެ ޔަޤީންކަން އަރުވަން: ފުލުހުން

އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައިގާ ހައްޔަރުކޮށްފައިވާ ޖޭއެސްސީގެ ކުރީގެ މެމްބަރު ޢާއިޝަތު ވެލެޒިނީ އަށް ދޭންޖެހޭ ފަރުވާއެއް ވާނަމަ އެ ފަރުވާއެއް ލިބިދެވޭނެކަމުގެ ޔަޤީންކަން އަރުވާ ކަމުގައި ފުލ...

14 Nov 2018 | 10:40

އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައިގާ ހައްޔަރުކޮށްފައިވާ ޖޭއެސްސީގެ ކުރީގެ މެމްބަރު ޢާއިޝަތު ވެލެޒިނީ އަށް ދޭންޖެހޭ ފަރުވާއެއް ވާނަމަ އެ ފަރުވާއެއް ލިބިދެވޭނެކަމުގެ ޔަޤީންކަން އަރުވާ ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ވެލެޒިނީ ހައްޔަރުކޮށްފައިވަނީ އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓާއި ޓްވިޓަރ އެކައުންޓް ބޭނުންކޮށްގެން އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނުގެ އުޞޫލުތަކުން ބޭރު އިސްލާމްދީނާއި ޚިލާފު އަދި އިސްލާމްދީނަށް ތައުހީނުކޮށް ވާހަކަ ދައްކާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، 2018 ނޮވެމްބަރު 13 ވަނަ ދުވަހުގެ 19:26 ހާއިރު ކަމަށެވެ.

"ޢާއިޝަތު ވެލެޒިނީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރެވޭ މީހުންނާއި މެދު ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ޢާއިޝެތު ވެލެޒިނީ ހައްޔަރުކޮށްފައިވާ މައްސަލައިގައި އޭނާއަށް ޤާނޫނީގޮތުން ލިބިދޭންޖެހޭ އެންމެހައި ހައްޤުތައް ކަށަވަރުކޮށް، އަދި އޭނާގެ ސިއްޚީ ޙާލަތަށް ރިޢާޔަތްކޮށް އޭނާއަށް ދޭންޖެހޭ ހިއްޙީ ފަރުވާއެއްވާނަމަ އެ ފަރުވާއެއް ލިބިދެވޭނެ އިންތިޒާމް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަމަޖައްސާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް