އަބުރު ރައްކާތެރިކޮށް ދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޙިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ރައިސް ޔާމީނު ތަސްދީޤުކުރެއްވި މި ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 51 މެމްބަރުންގެ ތެރެއިން 38 މެންބަރުންގެ ވޯޓާއެކުއެވެ.
މީޑިއާ ކޮންޓްރޯލްކުރަން އަމާޒުކޮށް ރައީސް އަބްދުﷲ ޔާމީންގެ ބާރުއެޅުއްވުމުގެ ތެރެއިން ޕީޕީއެމް ކޯލިޝަނުން ހެދި އަބުރުގެ ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދެވެ. މި ޤާނޫނު އުވާލާފައިވަނީ ޕީޕީއެމްގެ 13 މެމްބަރެއްގެ ވޯޓާވެސް އެކުގައެވެ.
ރައީސް ޔާމީން އެންގެވި ގޮތަށް ޕީޕީއެމުން އަބުރުގެ ގާނޫނު ފާސްކުރީ އޮގަސްޓް 8، 2016 ގައެވެ. މިގާނޫނުގެ ދަށުން ލިބިދޭ ބާރުގައި ބްރޯޑްކާސްޓިން ކޮމިޝަނުންވަނީ ރާއްޖެ ޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް