އީސީން ވޯޓު ކަރުދާސްތައް ނައްތާލި މައްސަލަ މަޖިލީހަށް

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތައް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނައްތާލި މައްސަލަ ބަލައި ދިނުމަށް އެދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި...

14 Nov 2018 | 05:54

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތައް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނައްތާލި މައްސަލަ ބަލައި ދިނުމަށް އެދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

މި ޤަރާރުގައި ބަޔާންކޮށްފައިވާގޮތުގައި އީސީއިން ވޯޓު ކަރުދާސް ތައް ނައްތާލާފައިވަނީ ޕީޕީއެމުއިން އިންތިހާބާ ބެހޭ މައްސަލަތަކެއް ފުލުހަށް ހުށަހަޅާފައިވަނިކޮށް އެމައްސަލަ ތަހުގީގު ކުރުމަށް ހުރަސް އެޅުމުގެ ގޮތުންއަދި މި މައްސަލަ ތަހުގީގު ކުރެވިއްޖެނަމަ ވޯޓު ކަރުދާސް ތައްޔާރު ކުރުމާއި، ގުނުމުގެ ތެރޭގައި ކަންކަން ކޮށްފައިވާ ގޮތް ސާފުވެ މުޅި ވޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަންތައްތައް ފެންނާނެ ކަމަށް ރިފާއު ވިދާޅުވެފައި ވެއެވެ.

ޕީޕީއެމް އިން ފުލުހަށް ހުށަހަޅާފައިވާ މިމައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް އީސީއިން ވޯޓު ކަރުދާސް ނައްތާލާ ފުލުހުންގެ ތަހުގީގު ހުއްޓުމަކަށް އައިސްދާނެ ފަދަ ކަމެއް ކޮށްފައިވާތީ މަޖިލީހުގެ ކޮމިޓީއަކުން އެމައްސަލަ ބަލައި ދިނުމަށް ރިފާއު އެދިފައިވެއެވެ.

ވޯޓު ކަރުދާސްތައް ނައްތާލި މައްސަލަ އާއި ބެހޭގޮތުން މައުލޫމާތު ސާފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ފުލުހަށް ހާޒިރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް