އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީ އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުން އާދިލް މޫސާ އިސްތިއުފާ ދެއްވަން ސިޓީ ހުށަހަޅުއްވައިފިއެވެ. އެކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅ...

14 Nov 2018 | 05:21

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުން އާދިލް މޫސާ އިސްތިއުފާ ދެއްވަން ސިޓީ ހުށަހަޅުއްވައިފިއެވެ.

އެކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވެފައިވަނީ އާދިލް މޫސާގެ އިސްތިއުފާ ޕްރައިވަޓައިޒޭޝަން ބޯޑުން ގަބޫލުކޮށްފައިވާކަމަށާއި އޭނާ އިސްތިއުފާ ދެއްވަނީ މާދަމާގެ ތާރީހުން ފެށިގެން ކަމަށެވެ.

ނިޒާރު ވިދާޅުވެފައިވަނީ އެމްޑީ އިސްތިއުފާ ދެއްވުމުން އެ ކުންފުނީގެ ކަންކަން ބަލަމުންދާނީ މޫސާ ސޯލިހް ކަމަށެވެ.

https://twitter.com/nixaar/status/1062571354971492352

މާދަމައިން ފެށިގެން އެއާ÷ޕޯޓްސް ކޮމްޕެނީގެ އެމްޑީ ކަމުން އިސްތިއުފާ ދެއްވަން އާދިލް ނިންމަވާފައިވާއިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ ހޮނިހިރު ދުވަހު ރައީސް ކަމުގެ ހުވާ ކުރައްވާނެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވަނީ ރަނގަޅު ގޮތަކީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުން ކަމަށެވެ. ނޫން ނަމަ ވަކި ކުރި ކަމުގެ ސިޓީ ފޮނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް