ޝައްކެއް ނެތެވެ. ރާއްޖޭގެ ބަދަލުވަމުން އަންނަ ސިޔާސީ މަސްރަހުގައި އެއް ގޮތަކުން ބުނާނަމަ އޮތީ އެންމެ ދެ ފިކުރެވެ. އެއީ ރައީސް ނަޝީދަށް ތާއީދުކުރާ މީހުންގެ ފިކުރަކާއި ރައީސް ނަޝީދަށް ތާއީދު ނުކުރާ މީހުންގެ ފިކުރެވެ. ތިން ވަނަ ފިކުރެއް ވާނަމަ އެއީ ރައީސް މައުމޫނަށް ތާއީދުކުރާ މީހުންގެ ފިކުރެވެ.
ވަރުގަދައީ ކޮން ފިކުރެއްކަން 23 ސެޕްޓެމްބަރުގެ އިންތިހާބުގައި އެވަނީ ސާފު އަގުލަބިއްޔަތުން ދައްކާފަ އެވެ.
ދުވަހުގައި ލިޔެފައިވާ ލިޔުމަކަށް ލިބިފައިވާ ކޮމެންޓެއްގައިވެއެވެ. "ޖޭޕީ އަކީ މިހާރު ވެމްކޯއޭ ހީވާކަހަލައެވެ." މަޒާޖީ ގޮތެއްގައި ބުނެފައި އެއޮތީ ބޮޑު ވާހަކައެކެވެ. ސޯޝަލް މީޑިއާގައިވެސް މި އަޑު މިވަނީ ގަދަވެފައެވެ. އެއީ ސިޔާސީ މައިދާނުގައި "ގޮތް ހުސްވާ" މީހުންނާއި އެއް ބަޔަކު މާ ބޮޑަށް ރުޅި އަންނަ މީހުންނާއި އާންމުން ނުވަތަ "ބޮޑު ފިކުރު" ބޮޑަށް ރުޅި އަންނަ ބަޔަކު ޖުމްހޫރީ ޕާޓީއާއި ގުޅެމުން ދިއުމެވެ.
ތަންކޮޅެއް ތަފްސީލަށް ޖެހިލާނަމެވެ.
ޖުމްހޫރީ ޕާޓީ އެއޮތީ އަލަށް އުފެދުނު ކޯލީޝަން ސަރުކާރުގެ ތެރޭގައެވެ. އެ ސަރުކާރުގެ ބޮޑު ޕަސެންޓަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ކަމުގައިވާއިރު އިއްޔެ ފާޅުގައި އެ ޕާޓީގެ ލީޑަރު، ރައީސް ނަޝީދަށް "ހެއްދެވި ނުހެއްދެވި" އަށް ގޮވި މީހާ ފެނުނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރި ތަނެވެ.
ދެވަނަ މިސާލަކީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ މިސާލެވެ.
ރައީސް ނަޝީދަށް ތާއީދުކުރާ މީހުންގެ ފިކުރު އެންމެ ރުޅި އަންނަ އެއް ދުވަހަކީ އެމީހުން ސިފަކުރާގޮތުގައި "ބަގާވާތަކުން" ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައި ދުވަހެވެ. އެކަންކަމުގައި އެންމެ އިސް ރޯލެއް ކުޅުނު އެކަކީ ކާނަލް ނާޒިމް ކަމުގައި ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ދެކެއެވެ. އެހެންކަމުން ރައީސް ނަޝީދުގެ ފިކުރަށް ތާއީދުކުރާ ފަރާތްތަކުން އެކަމާވެސް ތިބީ ހިތްހަމަނުޖެހިފައިކަން ސޯޝަލް މީޑިއާއަށް ބަލައިލުމުން އެނގެއެވެ.
އިތުރު ވާހަކައެކެވެ. އެއީ މިހާރު މިއޮތް ސަރުކާރުގެ މަތީ ފަޑިންވެސް ގިނަ ބަޔަކު ދާދި އަވަހަށް ޖުމްހޫރީ ޕާޓީއާއި ގުޅެން އުޅޭ ކަމުގެ ވާހަކައެވެ. އޭގެ ތެރޭގައި ރައީސް ޔާމީން މަޖިލީހަށް ފޮނުވިހާ ބިލަކަށް އެންގި ގޮތަކަށް "ރަބަރ ސްޓޭމްޕް" ޖަހަމުންދިޔަ މެމްބަރުންވެސް ހިމެނޭ ކަމަށް މައުލޫމާތުލިބެއެވެ. ނަމަވެސް މިއީ ތޯތޯ ވާހަކައަކަށްވެސް ވެދާނެއެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު ހަމަ ވެދާނެވެސް ގޮތެއް ކަމުގައި ބެލެވެއެވެ.
ކޮންމެއަކަސް ފެންނަ މަންޒަރާއި ސޯޝަލް މީޑިއާގައި މި މައުލޫގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު އެއް ބަޔަކު ބުނަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެމަނިކުފާނުގެ "ކޮޅު" ވަރުގަދަ ކުރައްވަނީ ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު ސިފަކުރާ ގޮތުގައި ގާސިމް އެ "ފޭއްސާ އިލޮށި" ހެރުން އެންމެ ގާތީވެސް ހަމަ ގާސިމްގެ ލޮލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް