ޕެޕްސީގެ ސިފައިގައި އެތެރެކުރަން އުޅުނު 48،000 ބިޔަރު ދަޅު ސައުދީން އަތުލައިގެންފި

ޕެޕްސީގެ ސިފައިގައި ސައުދީ އަރަބިއްޔާއަށް 48,000  ބިޔަރު ދަޅު އެތެރެކުރަނިކޮށް ސައުދީ ކަސްޓަމްސްއިން އަތުލައިގެންފި އެވެ. ސައުދީ ކަސްޓަމްސްއިން މި ދަޅުތަށް އަތުލައިގެންފައިވަނީ އެކުވެރި އަރަބި އިމާރާތ...

14 Nov 2015 | 06:18

ޕެޕްސީގެ ސިފައިގައި ސައުދީ އަރަބިއްޔާއަށް 48,000  ބިޔަރު ދަޅު އެތެރެކުރަނިކޮށް ސައުދީ ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ސައުދީ ކަސްޓަމްސްއިން މި ދަޅުތަށް އަތުލައިގެންފައިވަނީ އެކުވެރި އަރަބި އިމާރާތާއި ސައުދީ އަރަބިއްޔާ ސަރަހައްދީ ރޮނގު ގުޅޭ އަލް ބަތާ ބޯޑަރު ކައިރިން ކަމަށް ސައުދީ ނޫސްތަކުން ބުނެ އެވެ.

ބިޔަރު ދަޅުތައް އެތެރެކުރަން މަސައްކަތްކޮށްފައިވަނީ ޓްރަކެއްގައި ކަމަށާއި ޓްރަކުގައި ހުރި ދަޅުތަށް ބަލާ ފާސް ކުރުމުގެ ތެރޭގައި ދަޅުތަކަކީ ބަނގުރާ ދަޅުތަކެއް ކަން އެނގިގެން ބަލައި ފާސްކުރި އިރު ދަޅުތަށް ހުރީ ޕެޕްސީ ބްރޭންޑް ރަމްޒުވާ ތޮއްޓެއް ( ކަވަރެއް ) ލާފައި ކަމަށް ސައުދީ ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

ސްމަގްލަރުން ދަނީ ސައުދީއަށް ބަނގުރާ އެތެރެ ކުރުމުގއި އެކި އުކުޅުތަށް ބޭނުން ކުރަމުން ކަމުގައި ސައުދީ ކަސްޓަމްސް އިން ބުނެ އެވެ.

ސައުދީ އަރަބިއްޔާ އަކީ މަސްތުާތަކެތި ބޭނުން ކުރާ މީހުނަށް މަރުގެ އަދަބު ދޭ ގައުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް