އއ. މާޅޮސް ލީގު 2015ގައި ބައިވެރިވުމުގެ ފުރުޞަތު މާދަމާއަށް ހަމަވަނީ

އަރިއަތޮޅު އުތުރުބުރީ މާޅޮސް ކައުންސިލުން އިންތިޒާމު ކޮއްގެން ބާއްވާ ފުޓުބޯޅަ މުބާރާތް ” އއ. މާޅޮސް ލީގު 2015 ” ގައި ބައިވެރިވުމުގެ ފުރުޞަތު މާދަމާއަށް ހަމަވާނެއެވެ. އއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރ...

14 Nov 2015 | 04:31

އަރިއަތޮޅު އުތުރުބުރީ މާޅޮސް ކައުންސިލުން އިންތިޒާމު ކޮއްގެން ބާއްވާ ފުޓުބޯޅަ މުބާރާތް ” އއ. މާޅޮސް ލީގު 2015 ” ގައި ބައިވެރިވުމުގެ ފުރުޞަތު މާދަމާއަށް ހަމަވާނެއެވެ.

އއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށާއި ރިސޯޓުތަކަށް ބައިވެރިވެވޭ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މާދަމާގެ 14:00އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އއ. މާޅޮހު ކައުންސިލު އިދާރާއިން ލިބެންހުރި އިރު، މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި މާޅޮހުގެ ޓީމެއް ނަމަ އެއްހާސް ރުފިޔާ އަދި ރަށުން ބޭރު ޓީމެއް ނަމަ ދެހާސްރުފިޔާ ނެގުމަށްވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ބާރަހާސް ރުފިޔާ، ރަނަރ-އަޕް ޓީމަށް 6 ހާސް ރުފިޔާގެ އިނާމާއި ޓްރޮފީ އާއި ހަނދާނީ ލިޔުން ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި އެކި މަޤާމުތައް ހޮވާ އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފައިބެއަހަރުގެ މުބާރާތުގައި 8 ޓީމު ވާދަކޮއްފައިވާ އިރު، ޗެމްޕިއަންކަން ހޯދާފައިވަނީ ފޯރިގަދަ ކުޅުމަކަށް ފަހު، ފަޔަރ ސިކްސްޓީންއެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ދަނޑި ސްޕޯރޓްސް އާވާދަކޮށް 1 ލަނޑު 0 ލަނޑުންނެވެ.

އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 7761203 ނުވަތަ 7917328 ނަމްބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް އއ. މާޅޮސް ކައުންސިލު އިދާރާއިން އެދިވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް