ފްރާންސްގެ ވެރިރަށް ޕެރިހުގައި މިރޭ ދަންވަރު ދިން އުދުވާނީ ހަމަލާތަކެއްގައި މަރުވި މީހުންގެ އަދަދު 140 އަށް އަރާފައިވާއިރު އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފްރާންސްގެ ޕެރިހުގެ އެކި ސަރަހައްދުތަކުގައި ބަޔަކު ވަނީ ބަޑީގެ ހަމަލާތަކެއް ދީފައެވެ. ބައެއް ސަރަހައްދުތަކުގައި ބާރުގަދަ ގޮއްވުންތަކެއްވެސް ގޮއްވާފައި ވެ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި މީހުން ރަހީނު ކުރި ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ހަމަލާތަކުގެ މާބޮޑު ތަފްސީލެއް އަދި ހާމަވެފައެއް ނުވެ އެވެ.
މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 140 އަށްވުރެ މައްޗަށް އަރާފައިވާއިރު ޒަހަމްވެފައިވާ މީހުންގެ އަދަދު އުޅެނީ 100 އަށްވުރެ މަތީގަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު ސަރަހައްދީ ބޯޑަރުތައްވެސް ވަނީ ބަންދުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް