އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނު ކުރުމަށްފަހު އެ ހިލާފަތު ދެމެހެއްޓުމަށް ހަނގުރާމަ ކުރަމުން އަންނަ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާއިން އިއުލާނު ކޮށް، ކުރިއަށް ގެންދާ ހަނގުރާ ކުރިއަށް އޮތް ތާންގައި ދާނީ ވަރުގަދަ ވަމުން ކަމަށާއި މިކަމުގައި އެމެރިކާގެ ރައްޔިތުން ކެތްތެރިވުމަށް އެމެރިކާގެ ދިފާއީ ސެކްރެޓަރީ ޗަކް ހޭގަލް ވިދާޅުވެއްޖެ އެވެ.
ހައުސް އޮފް ރެޕްރެސެންޓޭޓިވްސްގައި ބޭއްވި އަޑުއެހުމެއްގައި، އައިއެސްއާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމަ ދިފާއުކޮށް ވާހަކަ ދައްކަމުން ހޭގަލް ވިދާޅުވީ އައިއެސްގެ ކޮންޓްރޯލް އޮތް ބައެއް ސަރަހައްދުތަކުން އައިއެސް ފައްސާލުމުގައި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކުން އެއްކޮށްހެން އައިއެސްގެ ބާރު ކަނޑުވާލެވިފައިވާކަމަށްވެސް ހޭގަލް ވިދާޅުވި އެވެ.
އެ އައަޑު އެހުމުގައި ވާހަކަ ދެއްކި އިރު އައިއެސްއައިއެސްގެ ބަދަލުގައި ހޭގަލް މުޅިންވެސް ބޭނުންކުރީ އައިއެއެސް އައިއެލް އެވެ. އައިއެސްއެސްއައިއެލްގެ ދިގު ގޮތަކީ އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ލެވެންޓް އެވެ.
"އައިއެސްއައިއެލްއަކީ އަހަރުމެންނަށް ހުރި ބޮޑު ނުރައްކަލެއް، އަހަރުމެންގެ އެކުވެރިންނަށް ހުރި ބޮޑު ނުރައްކަލެއް، އައިއެސް ނައްތާލަން ޖެހޭ" ހޭގަލް ވިދާޅުވި އެވެ.
ހޭގަލް މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަ ކުރުމަށް 5.6 ބިލިއަން ޑޮލަރު އިތުރަށް ބޭނުންވާކަމަށް ބުނެ އެކަމަށް ކޮންގްރެސްގައި އެދިފަ އެވެ. އަދި އިތުރު 1500 ސިފައިން އިރާގަށް ފޮނުވުމަށްވެސް އޮބާމާ ވަނީ ނިންމަވާފައެވެ.
އައިއެސްއާ ދެކޮޅަށް އެ ޖަމާއަތް ނައްތާލުމުގެ ނިޔަތުގައި އެމެރިކާއިން އިސްނަގައިގެން ކުރިއަށް ގެންދާ ހަނގުރާމައިގާ އެމެރިކާއަށް މާ ބޮޑު ކުރިއެރުންތަކެއް ނުލިބޭ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް