ހުޅުމާލެ ޕޯޓް -
އެމްޕީއެލްގެ ޕޯޓުގައި ހުއްޓާ ދެ ކޮންޓޭނަރު ސިނގިރޭޓު ގެއްލުނު މައްސަލައިގާ 12 މީހަކު ފުރުން މަނާކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ތަހުގީގުގައި 12 މީހަކު ފުރުން މަނާކުރެވި ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކުރެވިފައިވާކަމަށެވެ.
"އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ވަނީ ހައްޔަރު ކުރެވިފައި، ދެ ވިޔަފާރިވެރިޔަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު މީހަކު ހިމެނޭ" ފުލުހުން ބުނެފައިވެއެވެ
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަން މިރޭވެސް ކުރިއަށްދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް