އޭސީޕީ ދާއޫދުގެ ފަރާތްޕުޅުން ނޫސްބަޔާނެއް: އެންމެ ބޮޑު އެއް ތުހުމަތަށް އެއްޗެއް ވިދާޅުނުވޭ !

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި އެ ކޮމިޓީގެ ނާއިބު މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް، އެސިސްޓެންޓް ކޮމިޝަ...

14 Oct 2025 | 16:45
އޭސީޕީ ދާއޫދު އަދި ރައްޔިތުުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނާއިބު މުގައްރިރު ނާޘިމް -

އޭސީޕީ ދާއޫދު އަދި ރައްޔިތުުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނާއިބު މުގައްރިރު ނާޘިމް -

ރައްޔިތުންގެ

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި އެ ކޮމިޓީގެ ނާއިބު މުގައްރިރު

އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު

ނާޡިމް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ދާއޫދާއި ގުޅުވައި

ދެއްކެވި ވާހަކަތަކަށް ދާއޫދުގެ ފަރާތުން ރައްދު ދީފިއެވެ.

އެގޮތުން އޭސީޕީ ދާއޫދުގެ

ޤާނޫނީ ވަކީލުންގެ ޓީމު (ލޯ ކްރާފްޓް) އިން ނެރެފައިވާ ނޫސްބަޔާނެއްގައި

ބުނެފައިވަނީ ނާޡިމް އެސިސްޓެންޓް ދާއޫދާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަކީ

އެއްވެސް އަސާސެއް ނެތް ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.

"އެސިސްޓެންޓް

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ އެއްވެސް

ފައިސާއެއް ވަދެފައިނުވނެ ކަމާއި، ޤާނޫނާ ޚިލާފު އެއްވެސް މުޢާމަލާތެއް އެސިސްޓެންޑް

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާއޫދުގެ އެކައުންޓް މެދުވެރިކޮށް

ހިނގާފައިނުވާނެކަމުގެ ޔަޤީންކަން އަރުވަމު" ލޯ ފާމްގެ ނޫސްބަޔާނުގައި

ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި

ފާހަގަކޮށްފައިވާގޮތުގައި އެމްއެމްޕީއާރްސީ އާ ގުޅޭ އެއްވެސް ފައިސާއެއް އެސިސްޓެންޓް

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާއޫދަށް ލިބިފައިނުވާކަން ދައުލަތުގެ ފަރާތުން

އެމްއެމްޕީއާރްސީ އާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ތަޙުޤީޤުތަކުންނާއި ތަޙުޤީޤަށް

އަހްމަދު އަދީބު ޢަބްދުޣަފޫރު ދީފައިވާ ބަޔާންތަކުން އެނގި ސާފުވާނެއެވެ. އަދި

އިދާރީ ތަޙްޤީޤުތަކާ ގުޅިގެން ޕޮލިސް ބޯޑުން މީގެ ކުރީގައި ނިންމަވާފައިވާ ނިންމުންތަކާ

ގުޅިގެން ޝަރުޢީ މަރުޙަލާގައި ނިންމަވާފައިވާ ނިންމުންތަކުން އެސިސްޓެންޓް ކޮމިޝަނަރ

އޮފް ޕޮލިސް މުޙައްމަދު ދާއޫދުގެ ނަޒާޙަތްތެރިކަމާމެދު ސުވާލު އުފެދޭނެ އެއްވެސް

ޖާގައެއް ނެތްކަން ސާފުވާނެއެވެ.

ޤާނޫނު ތަންފީޒުކުރާ

އިދާރާއެއްގެ ޒިންމާދާރު އޮފިސަރަކާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް

ދެއްކުމަކީ ރައްޔިތުންގެ މެދުގައި ތަންފީޒީ އިދާރާތަކާމެދު އޮންނަ އިތުބާރު ގެއްލިގެންދާނެކަމަށްވާތީ

މިފަދަ ވާހަކަތައް ދެއްކުމުން ދުރުހެލިވުމަށް ނޫސްބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

އަދި ތުހުމަތު ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ފުރުޞަތު ނުދީ ރައްޔިތުންގެ

މަޖިލީހުގެ ކޮމިޓީއެއްގައި ލައިވްކޮށް ސާބިތުނުހިފޭ ވާހަކަތައް ދެއްކުމަކީ

ޒިންމާދާރުކަމެއް ނޫންކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ދައްކާ ވާހަކަތައް

ވާންވާނީ ޒިންމާދާރުކަމާއެކު އެއްވެސް ފަރާތެއްގެ ޤާނޫނީ ޙައްޤު ނުގެއްލޭގޮތަށް

ދައްކާ ވާހަކަތަކަކަށް ކަމުގައިވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް މިއަދު

ނާޡިމް ދެއްކެވި ވާހަކަތަކުން އޭސީޕީ ދާއޫދަށް ރައްދުވި އެންމެ ބޮޑު އެއް ތުހުމަތަށް

އެ ނޫސްބަޔާނުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެ ތުހުމަތަކީ 2016

ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މއ. ތަޅަމުދިގޭގެ ކުލި އޭސީޕީ ދާއޫދު

އަދި އޭނާގެ އަންހެނުންގެ އެކައުންޓަށް ޖަމާވާތީ ކޮށްފައިވާ ތުހުމަތެވެ.

"ހަމައެއާއެކު

މުހައްމަދު ދާއޫދާއި އޭނާގެ އަންހެނުންގެ ބޭންކް އެކައުންޓް އެނަލައިޒް ކުރުމުން ނޮވެމްބަރު

2016 އިން ފެށިގެން މއ. ތަޅަމުދިގޭގެ ކުލި މުހައްމަދު ދާއޫދު އަދި އޭނާގެ

އަންހެނުންގެ އެކައުންޓަށް ޖަމާވަމުންދާކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާއިރު އެ

ގޭގެ ވެރިފަރާތަކީ މުހައްމަދު ދާއޫދު އަދި އޭނާގެ އަންހެނުން ނޫންކަމާ އެ ގޭގެ

ކުލި މުހައްމަދު ދާއޫދާ އޭނާގެ އަންހެނުންނަށް ލިބޭނީ އެގެ ހެދުމަށް އެ ފަރާތުން އިންވެސްޓްކޮށްފައިވުމުންކަމަށްވާތީ

އެފަދަ ބޮޑު އިންވެސްޓްމަންޓަކަށް މުހައްމަދު ދާއޫދަށް ފަންޑު ލިބުނުގޮތް

ބަލަންޖެހޭކަމަށް ނިންމާފައިވޭ" ނާޡިމް ވިދާޅުވިއެވެ.

އޭސީޕީ ދާއޫދުގެ

ފަރާތުން ނެރެފައިވާ ނޫސްބަޔާނުގައި އެ ތުހުމަތަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް