އެކްސިޑެންޓުވި އެއް ލޯންޗު ފެންނަ މަންޒަރެއް - ފޮޓޯ: މެރިން ޕޮލިސް
ދެ ލޯންޗެއް ޖެހި
ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުން އެބަ ދެއެވެ.
މެރިން ޕޮލިހުން
ބުނެފައިވަނީ މިރޭ 07:15 ހާއިރު ކުރުނބާ ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވެ
އެކަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
"އަނިޔާވިމީހާގެ
ކޮނޑުހުޅުން ނެއްޓިފައިވާކަމަށް" މެރިން ޕޮލިސް އިން ބުނެފައިވެއެވެ.
އިތުރަށް
ބުނެފައިވަނީ އެކްސިޑެންޓު ހިނގި ސަރަހައްދުގައި މެރިން ޕޮލިސް އިން
ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް