ޝިމަން އޭނާގެ ޤާނޫނީ ވަކީލާއެކު ފުލުސް އިދާރާގެ ކައިރީގައި އަދި އޭނާގެ ފޯނުގެ ބެޓެރީ ޔޫޒޭޖް -
އެމްޑީޕީގެ އެކްޓިވިސްޓް އާއިޝަތު ޝިމަން
އަހްމަދުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އިރު އެ ފޯނުން ގިނައިން
ބަލާފައިހުރީ ފޮޓޯއާއި ވީޑިއޯ ކަމަށް ތުހުމަތުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް އިންޒާރެއް
ދިންކަމަށް ދޭހަވާގޮތަށް އެކްސްގައި ޕޯސްޓެއް ކުރިކަމުގެ ތުހުމަތުގައި ފުލުހުން މި
މަހުގެ އަށްވަނަ ދުވަހު ހިފެހެއްޓުމަށްފަހު އިއްޔެ އެ ފޯނު ވަނީ ދޫކޮށްލާފައެވެ.
އެ މުއްދަތުގައި އެ ފޯނުގެ ބެޓެރީ ޔޫޒޭޖް ތަފްސީލު،
ޝިމަންގެ ޤާނޫނީ ވަކީލު އައިކު އަޙްމަދު ޢީސާ އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު
އެ މުއްދަތުގައި ގޫގަލް ފޮޓޯސް 33 މިނެޓު އަދި ފޯނުގެ ގެލެރީ ތިން މިނެޓު
ބަލާފައިވެއެވެ. އާންމު މެސެޖުތައް 16 މިނެޓުވާންދެން ބަލާފައިވާއިރު އެކްސް، އާއި
ޓެލެގްރާމް ބަލާފައިވާކަމަށް ދައްކަނީ އެންމެ މިނެޓަކަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ޝިމަންގެ ފޯނު އޮތް
މުއްދަތުގައި ޝިމަންގެ ޒާތީ ފޮޓޯއެއް ސޯޝަލް މީޑީއާގައި ދައުރުވިއެވެ. ނަމަވެސް
ފުލުހުން ބުނެފައިވަނީ ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް
ފޯނަކުން މަޢުލޫމާތު ލީކުވުމުގެ ފުރުޞަތު ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް