ދެކުނުގެ ރަށްތަކަށް އަދިވެސް ވިއްސާރަކުރަމުން ދާތީ އެސަރަހައްދަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހިސާބަށެވެ. އެސަރަހައްދަށް މިއަދު 15:00 އާއި ހިސާބަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މްޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވާކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އައްޑޫ ސިޓީއަށެވެ. ވޭތުވެދިޔަ ދިޔަ ދެ ދުވަހު ކެނޑިނޭޅި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެސިޓީގައި ފެންބޮޑުވެ، ބައެއް ގޭގެއިން ވަނީ ކަރަންޓުވެސް ކެނޑިފައެވެ. އަދި ގެތަކަށް ފެން ވަނުމުގެ ސަބަބުން އެމްއެންޑީއެފުން ވަނީ ރަށުތެރޭގައި ހަރަކާތްތެރިވެ ގޭގެއިންނާއި މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް