ސާރކް އިން ބާއްވާ "ސްޓާޓްއަޕް ބޫޓްކޭމްޕް" ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.
މިކޭމްޕަކީ ސާރކް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީން ކުރިއަރަމުން އަދި އުފެދެމުން އަންނަ ސްޓާޓްއަޕްތަކަށް ބޭނުންވާފަދަ މާހައުލެއް ނެތް ގައުމުތަކަށް ހާއްސަކޮށްގެން ބާއްޕާ ކޭމްޕެކެވެ. މިގޮތުން ފާހަގަކޮށްލެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ނޭޕާލް، ބަންގްލަސޭޝް، ބޫޓާން އަދި ސްރީލަންކާ ހިމެނެއެވެ.
ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބޫޓްކޭމްޕް ވިމެންއިންޓެކް މޯލްޑިވްސް އާއި ގުޅިގެން ބާއްވާއިރު، ކޭމްޕް ބާއްވަނީ މިމަހުގެ 24 އިން 26 އަށް މާގިރި ހޮޓަލުގައެވެ.
މި ކޭމްގައި ބައިވެރިވެވޭ ދާއިރާތަކުގެ ސްޓާޓްއަޕްތައް:
- ފަތުރުވެރިކަން
- އީކޮމާސް
- އަންހެން ވިޔަފާރިވެރިން
- ޓެކްނޮލޮޖީ
- ބިޒްނަސް އޮފް ރީޖަނަލް އިން ނޭޗާ
މި ބޫޓްކޭމްޕްގައި ބައިވެރިވާ ސްޓާރޓްއަޕްތަކުގެ ތެރެއިން ރާއްޖެއިން އެންމެ ފާހަގަކޮށްލެވޭ 05 ސްޓާރޓްއަޕް އަކަށް ސާރކްގެ ސީސީއައި އެކްސްޕާރޓުންގެ އޮންލައިން މެންޓަރިންގ އަދި އިންވެސްޓަރުން ހޯދުމަށް މަގުފަހިވާނެއެވެ. އަދި ޗައިނާ ސައުތު އޭޝިއާ ބިޒްނަސް ފޯރމް އަދި ކޮންފެޑެރޭޝަން އޮފް އޭޝިއާ ޕެސިފިކް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީ އިން ބާއްވާ ކޮންފަރެންސްގައި ސާރކްގެ ސީސީއައި ޑެލިގޭޝަނެއްގެ ގޮތުގައި ބައިވެރިވުމަށް މަގުފަހިވެގެންދާނެއެވެ.
ހޮވާލެވޭ 05 ސްޓާރޓްއަޕްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ސްޓާރޓްއަޕް އަކަށް ރާއްޖޭގެ ފަރާތުން ސާރކްގެ ސީސީއައި އިން ބާއްވާ ސާރކް ސްޓާރޓްއަޕް އެވޯރޑަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ބޫޓްކޭމްޕަށް ރަޖިސްޓަރ ކުރުމުގެ އެންމެ ފަހު ތާރިހަކީ 22 ސެޕްޓެމްބަރ 2019 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް