ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި، އަނބިކަނބަލުން ފަޒްނާ އަހުމަދު ލަންކާއަށް ފުރާވަޑައިގެންފިއެވެ.
ހަތަރު ދުވަހަށް ކުރާ މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން މިއަދު ލަންކާ އަށް ވަޑައިގަތީ ޢީދު ޗުއްޓީ އަށެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ކުރެއްވީ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސްގެ ދެކަނބަލުން ޢީދު ޗުއްޓީގެ ދަތުރުފުޅު ލަސްކުރެއްވީ، ރޭ ރާއްޖެ އާއި ލަންކާ ކުޅުނު ވޮލީ މެޗު ބައްލަވާލައްވައިފައި ފުރާވަޑައިގަތުމަށެވެ.
ރައީސް ވަނީ ރޭގެ މެޗު ބައްލަވާލައްވައިފައެވެ.
މިއަދަކީ އަޟްޙާ ޢީދުގެ ފަހު ދުވަހަށް ވާއިރު، ރައީސް ވަނީ މާދަމާ އަކީވެސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑއަޅާފައެވެ. އެއީ ޗުއްޓީ އަށް ދާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް