މުޒާހަރާގައި ބައިވެރިވެގެން ސިވިލް ސަޕޯޓު ފުލުހުންތަކެއް ވަޒީފާއިން ވަކިކޮށްފި

މުޒާހަރާއެއްގައި ބައިވެރިވެގެން ސިވިލް ސަޕޯޓު މުވައްޒަފުންގެ ގޮތުގައި ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ. މިކަން ފުލުހުންގެ މީޑިއާ އޮފިސަރު ވަނީ ކަށަވަރު ...

14 Aug 2017 | 14:24

މުޒާހަރާއެއްގައި ބައިވެރިވެގެން ސިވިލް ސަޕޯޓު މުވައްޒަފުންގެ ގޮތުގައި ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.

މިކަން ފުލުހުންގެ މީޑިއާ އޮފިސަރު ވަނީ ކަށަވަރު ކޮށްދެއްވާފައި އެވެ. މި ހަބަރު ފުރަތަމަ ފެތުރިފައިވަނީ ސޯޝަލް މީޑިއާގައި މުޒާހަރާގައި ބައިވެރިވެގެން ފުލުހުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ އިދާރާގައި މަސައްކަތް ކުރާ ސިވިލް ސަޕޯޓު މުައްޒަފުންނަކީ ފުލުހުން ނޫންކަމަށެވެ. އޭނާ ވިދާޅުވީ އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމީ ޑިސިޕްލިނަރީ ބޯޑުން އެކަން ބެލުމަށް ފަހު ކަމަށެވެ.

ފުލުހުންގެ ސިވިލް ސަޕޯޓަކީ ފުލުހުންގެ އެކި ދާއިރާތަކަށް އިދާރީ ގޮތުން އެހީތެރިވެދޭ ބައެކެވެ. އެބައިގައި ވަޒީފާ އަދާކުރާ މީހުން ވަކި މުއްދަތެއް ނެތި ވެސް ގެންގުޅެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް