ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑިޓެންޝަން ސެންޓަރުން ފިިލައިގެން ދިޔަ ބިދޭސީންގެ ތެރެއިން ދެ މީހަކު ހޯދައިފި އެވެ.
މިދިޔަ ބުރާސްދަތި ދުވަހުގެ ރޭ އެތަނުން ފިލާފައިވަނީ ފަސް ބިދޭސީންނެވެ. އެމީހުން ފިލީ އެތަނުގައި ޖަހާފައި ހުރި ޓިނު ގަނޑެއް ކަފަލައިގެން ކަމަށް ވެ އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ ދެ ބިދޭސީން ހޯދާފައިވަނީ މާލެއިން ކަމަށެވެ. އަދި އަނެއް ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. ހައްޔަރު ކުރީ ފޮޓޯ އާންމު ކުރި ފަސް ބިދޭސީންގެ ތެރެއިން ކޮން ދެމީހުންނެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އެރޭ ފިލައިގެން ިދިޔަ ފަސް ބިދޭސީންގެ ތެރެއިން ހަތަރު މީހަކީ މާރާމާރީގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ބައެކެވެ. އަނެއް މީހާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގަ ހައްޔަރު ކޮށްފައިވާ މީހެކެވެ.
އެމީހުންނަކީ ހުކުމެއް ކޮށްފައިވާ ބައެއް ނޫންކަމަށާއި ކަރެކްޝަންސްގެ ބަންދުގައި ބައިތިއްބާފައިތިބީ ބަންގްލަދޭޝްއަށް ފޮނުވާލެވެންދެން ކަމަށް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތު ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް