އިދިކޮޅު ޕާޓީތަކުގެ ޖަލްސާގެ ސެކިއުރިޓި ބަލަހައްޓައިދޭން ފުލުހުންގެ ކިބައިން އެދެފި

އިދިކޮޅު ފަރާތްތަކުން މިރޭ މ. ކުނޫޒުގައި ބާއްވާ ޖަލްސާއަކަށް ފަނޑިޔާރު މަގު ބަންދުކޮށް ދޭން ފުލުހުންގެ ކިބައިން އެދެފި އެވެ. އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ސޮއި ކުރައްވާ މިއަދ...

14 Aug 2017 | 10:54

އިދިކޮޅު ފަރާތްތަކުން މިރޭ މ. ކުނޫޒުގައި ބާއްވާ ޖަލްސާއަކަށް ފަނޑިޔާރު މަގު ބަންދުކޮށް ދޭން ފުލުހުންގެ ކިބައިން އެދެފި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ސޮއި ކުރައްވާ މިއަދު ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ޖަލްސަ ހިނގަމުންދާ ވަގުތުގައި ކުނޫޒު ހުންނަ ފަނޑިޔާރު މަގު ބަންދުކޮށް ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް އެދޭ ކަމަށެވެ. އެ ސިޓީގެ ކޮޕީއެއް ވަނީ ހައުސިން މިނިސްޓްރީއަށްވެސް ފޮނުވާފައި އެވެ.

އެމްޑީޕީން މިގޮތަށް ފުލުހުންނަށް ސިޓީ ފޮނުވީ ރޭ ވެރިކަން ކުރާ ޕީޕީއެމްއިން މަލޭގައި ޖަގަހައެއް ހުޅުވުމަށް ފާށަނާކިލެގެފާނު މަގު ބަންދުކޮށް ފުލުހުން ސެކިއުރިޓި ބަލަހައްޓައިދީފައިވާތީ އެވެ. އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އޮންނަ އުސުލުގެ ތެރެއިން އެދުމުން ޖަލްސާ ބޭއްވުމާއި ސެކިއުރިޓީ ބަލަހައްޓައިދޭނެ ކަމަށެވެ.

އަނަސް މިއަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާގެ ސެކިއުރިޓީ ބަލަހައްޓައިދީ މަގު ބަންދު ކޮށްދިނުމަށް އެދުނީ އެ އުސޫލުގެ ދަށުން ކަމަށެވެ. އަދި އުންމީދު ކުރަނީ ތަފާތު ކުރުމެއް ނެތި އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ކަމަށެވެ.

އެކަމަކު މިހާތަނަށް ފުލުހުންނަށް ދުރާލަ އަންގައިގެން އިދިކޮޅު ފަރާތްތަކުން ބާއްވަން މަސައްކަތް ކުރި ގިނަ ހަރަކާތްތަކަށް ފުލުހުން އެއްބާރުލުން ދީފައެއް ނުވެ އެވެ. ފުލުހުން ބުނަނީ އެއީ ޣައިރު ގާނޫނީ ހަރަކާތްތަކަށް ވާތި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް