އައްޑޫގައި ހުންނަ ޕީޖީ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލައިފި

އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ރޭ 03:50 ހާއިރު އައްޑޫ ޕީޖީ...

14 Aug 2017 | 07:10

އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ރޭ 03:50 ހާއިރު އައްޑޫ ޕީޖީ އޮފީހުގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް