މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސީނިއާ އޮފިސަރެއް ކަމަށްވާ ސުޕްރިންޓެންޑެންޓް މުހައްމަދު އާސިފް ސަސްޕެންޑު ކޮށްފި އެވެ.
އާސިފް އަކީ ހުޅުމާލޭގައި ހިންގާ ކަރެކްޝަނަލް ސާވިސްގެ ޑިޓެންޝަން ސެންޓަރު ހިންގުމާއި ހަވާލުވެ ހުންނެވި ވެރިއާއެވެ. އާސިފް ސަސްޕެންޑު ކޮށްފައިވާކަަމަށް އޭނާ ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފަ ވެއެވެ.
މިކަމާ ގުޅޭގޮތުން ކަރެކްޝަނަލް ސާވިސްއިން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ އާސިފް ސަސްޕެންޑު ކުރި ސަބަބު ވަނި ނޭނގިފަ އެވެ.
އާސިފަކީ އެ ދާއިރާގަ އުޅުއްވާތާ 10 ވަރަކަށް އަހަރުވެފައިވާ އަދި ޖަލު ބެލެހެއްޓުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އާސިފް ސަސްޕެންޑު ކުރި އިރު ދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާ ހަވާލުވެ ހުންނެވި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ވަނީ ފަސް ބިދޭސީން ފިލާފަ އެވެ. މަސްތުވާތަކެއްޗާއި މާރާމާރީގައި ހައްޔަރުކޮށްފައި ތިބި އެ ބިދޭސީން ފިލީ އެތަނުގައި ޖަހާފައިވާ ޓިނުގަނޑެއް ކަފާލައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް