ބަންގްލަދޭޝް ރައްޔިތަކު ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފި އެވެ.
ކަސްޓަމުން ބުނީ ރާއްޖެއައި ޕަސެންޖަރަކު އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމަސް އިން އަތުލައިގެންފައިވާކަމަށާއި މި ތަކެތި ފެނިފައިވަނީ އޮގަސްޓް މަހު 9 ވަނަ ދުވަހު ބަނގްލަދޭޝުން ރާއްޖެ އައި 23 އަހަރުގެ ބަނގްލަދޭޝް ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އެއަރޕޯޓްގެ ޕަސިންޖަރ ކްލިއަރެންސް އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މީނާގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގުޅަތަކެއް ރައްކާކޮށްފައިހުރި ޕެކެޓުތަކެއް ވަނީ ފެނިފައިވާކަމަށެވެ.
"މި ތަކެތި ތަހުލީލު ކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޕެޓަމައިންއަށް ޕޮޒިޓިވް ވެފަ އެވެ. އަތުލައިގަނެވުނު ޖުމްލަ 690 އެމްޕެޓަމައިން ގުޅަތަކުގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 71 ގްރާމް ހުއްޓެވެ" ކަސްޓަމްސް އިން ބުނެ އެވެ.
ކަސްޓަމުން އިތުރަށް ބުނީ އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ތަކެތި އެތެރެކުރަން އުޅުނު މީހާ ފުލުހުންނާ ހަވާލުކުރެވިފައިވާއިރު އެފަރާތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް