ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެތަނުން މިނިކަށިތަކެއް ފެނުނު ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އެފަދަ ކަމެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ ސޯޝަލް މީޑިއާގައި މިވާހަކަ ދެކެވެމުންދާތީ މިކަމުގައި ފުލުހުންގެ ބަހެއް ހޯދަން ފުލުހުންގެ މީޑިއާ އޮފިޝަރަށް ގުޅުމުންނެވެ.
"އެފަދަ ކަމެއް ނެތް" އޮފިސަރު ވިދާޅުވި އެވެ.
ސަލްޓަން ޕާކުން ކަށިތަކެއް ފެނިފައިވާކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިނުވާކަމަށް ފުލުހުން ބުނެފައިވާއިރު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ މިނިކަށިތަކެއް ފެނުމުން އެ ކަށިތައް ނަގާ އާ ސަހަރާގައި ކަށިތައް ވަޅުލާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް