އެމްއެންޑީއެފް ސަދަން އޭރިއާއިން އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގެ ދަރިވަރުންނަށް ހިންގި ފަތަންދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އިއްޔެ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމެވެ.
މިދިޔަ ޖުލައި މަހުގެ 12 އިން މިމަހުގެ 12 އަށް ހިންގި މި ސްވިމިންގ ޕްރޮގްރާމުގައި ޝަރަފުއްދީން ސްކޫލުގެ 128 ދަރިވަރަކުވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެެރިވެފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނެވެ.
ޝަރަފުއްދީން ސްކޫލުގެ ދަރިވަރުންނަށް ހިންގި ފަތަންދަސްކޮށްދިނުމުގެ ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމްގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާގެ އޮފިސަރުންނާއި ސިފައިން އަދި ޕްރޮގްރާމްގެ މުދައްރިބުންނާއި ސްކޫލުގެ އިސް ވެރިންގެ އިތުރުން ޕްރޮގްރާމުގެ ބައިވެރިން ބައިވެރިވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް