މިސޮރު ދުށިންތަ؟ މިއީ އޮޅުވާލައިގެން ފައިސާ ހޯދާ މީހެއް، އުޅޭތަން އެނގޭނަމަ ފުލުހުންނަށް ރިޕޯޓް ކުރޭ

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/ދަޑިމަގ...

14 Aug 2017 | 04:46

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/ދަޑިމަގު، ސަންޝައިން، ނިޝާދު އަޙްމަދު (31އ) އެވެ.

ފުލުހުން ބުނީ ނިޝާދު އަޙްމަދު ހޯދަމުންދަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ބޭންކް މޯލްޑިވްސްގެ ލަކީޑްރޯއަކުން ހޮވިފައިވާކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ޓްރާންފާ ކުރުވާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

ނިޝާދު އަޙްމަދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް