ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދިޔައިރު އެތަނުން މިނި ކަށިތަކެއް ފެނުނު ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވާހަކަތަކާއި ގުޅިގެން އެތައް ދުވަހަކު ފުލުހުން ކުރެ ސުވާލު ކުރުމުންވެސް ފުލުހުންގެ ރަސްމީ ބަހެއް މިކަމުގައި ނުލިބުނެވެ.
ދުވަހަށް ކަށަވަރު ކުރެވިފައިވާގޮތުގައި ސަލްޓަން ޕާކުގައި ވަޅުލާފައި އޮތް މީހެއްގެ ކަށިތައް ފެނުނެވެ. އަދި މަހާނަ ގާވެސް އެތާނގައި ޖަހާފައި ހުއްޓެވެ. އެ ކަށިތައް ނަގައިގެން ގެންގޮސް އާސަހަރާގައި ވަނީ ވަޅުލާފަ އެވެ.
ސަލަޓަން ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ ސިފައިން ލައްވަ އެވެ. ސަލްޓަން ޕާކުން ކަށިތަކެއް ފެނުނު ކަމަށްބުނެ މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން މި ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އެއްފަހަރު ފުލުހުންގެ މީޑިއާ އޮފިސަރުގެ ފޯނު ނަމްބަރަށް ގުޅާ މިކަމާއި ބެހޭގޮތުން ފުލުހުންގެ ބަހެއް ލިބޭތޯ މި ނޫހުން ވާނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް އެ ދުވަހު ޖަވާބު ދެއްވާނޭ ކަމަށް ވިދާޅުވެ ހަބަރެއް ނުވެ އެވެ. އަނެއް ދުވަހު ގުޅުމުންވެސް ލިބެނީ ހަމަ އެއް ޖަވާބެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް