"ޓިއުބް ލައިޓް" ން ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 35 ކްރޯޑު ރުޕީސް ދީފި

މިދިޔަ ފިތްރު އީދު ބަންދާ ދިމާކޮށް ރިލީޒް ކުރި ސަލްމާން ހާންގެ "ޓިއުބް ލައިޓް" އަށް ލިބުނު ގެއްލުމުގެ ބަދަލުގެ  ގޮތުގައި 33.50 ކްރޯޑް ރުޕީސް ދީފި އެވެ. މީގެ ކުރިން ބެލެވިފައި އޮތީ އެ ފިލްމުން ލިބުނު ގ...

14 Aug 2017 | 04:00

މިދިޔަ ފިތްރު އީދު ބަންދާ ދިމާކޮށް ރިލީޒް ކުރި ސަލްމާން ހާންގެ "ޓިއުބް ލައިޓް" އަށް ލިބުނު ގެއްލުމުގެ ބަދަލުގެ  ގޮތުގައި 33.50 ކްރޯޑް ރުޕީސް ދީފި އެވެ.

މީގެ ކުރިން ބެލެވިފައި އޮތީ އެ ފިލްމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަލްމާން ދޭނީ 32 ކްރޯޑު ރުޕީސް ކަމަށެވެ. އެކަމަކު ސަލްމާންގެ ބައްޕަ ސާލިމް ހާން ބައިވެރިވެގެން ހެދި ހިސާބުތަކަށްފަހު ނިންމާފައިވަނީ ޖުމްލަ 85 ކްރޯޑު ރުޕީސްގެ ގެއްލުން ފިލްމުންވެފައިވާ ކަމަށެވެ. އެއީ އިންޑިއާއިން ލިބުނު 70 ކްރޯޑު ރުޕީސްގެ ގެއްލުމާއި ބޭރު ގައުމުތަކުގައި ފިލްމު އަޅުވައިގެން ލިބުނު 15 ކްރޯޑު ރުޕީސްގެ  ގެއްލުމެވެ.

އެހެންވެ ސަލްމާން ނިންމީ ޑިސްޓްރިބިއުޓަރުންނާއި އެގްޒިބިޓަރުންނަށް ވި ގެއްލުމުގެ ބަދަލުގައި ފިލްމަށް ލިބުނު ގެއްލުމުގެ 40 ޕަސެންޓަށްވާ  35 ކްރޯޑު ރުޕީސް ދޭންށެވެ.

"ޓިއުބް ލައިޓް" ރިލީޒް ކުރީ 300 ކްރޯޑު  ރުޕީސްގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކޮށްގެންނެވެ. އެކަމަކު ލިބިފައިވަނީ 120 ކްރޯޑުގެ އާމްދަނީ އެކެވެ. އެ ފިލްމަކީ 1.35 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް