އުރީދޫގެ "ކްލަބު ޕްރިމިއާ ލައުންޖު" ހުޅުވައިފި

އުރީދޫ ކަސްޓަމަރުންގެ ތެރެއިން ހާއްސަ ފަރާތްތަކަށް އަމާޒުކޮށް ހުޅުވި "ކްލަބު ޕްރިމިއާ ލައުންޖު" ހުޅުވައިފި އެވެ. ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ލައުންޖު ހުޅުވައިދެއްވީ ލިލީ އިންޓާނެޝަނަލް ޕްރައިވެޓް ...

14 Aug 2017 | 03:30

އުރީދޫ ކަސްޓަމަރުންގެ ތެރެއިން ހާއްސަ ފަރާތްތަކަށް އަމާޒުކޮށް ހުޅުވި "ކްލަބު ޕްރިމިއާ ލައުންޖު" ހުޅުވައިފި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ލައުންޖު ހުޅުވައިދެއްވީ ލިލީ އިންޓާނެޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު، އާމިރު މަންސޫރެވެ. މިތަން ހުންނަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އިމާރާތް ހުންނަ ހ. މާދޫގައި އެވެ.

މި ސެންޓަރުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހިދުމަތްތަކުގެ އިތުރުން ކްލަބް ޕްރިމިއާ ލައުންޖުން އިތުރު ތަޖުރިބާތަކެއް ކުރެވިގެންދާނެއެވެ. އެގޮތުން، ސްމާޓް އެކްސެސް މެދުވެރިކޮށް، މެމްބާޝިޕް ކާޑު ބޭނުންކޮށްގެން ކްލަބް ޕްރިމިއާ ލައުންޖަށް ވަދުމުން އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތް ފަސޭހަކަމާއި އެކު ފޯރުކޮށްދޭނެއެވެ.

އަދި ޑިޖިޓަލް ފޯމުތައް މެދުވެރިކޮށް، އުރީދޫގެ ކޮންމެ ހިދުމަތެއްވެސް ފަސޭހަކަމާއި އެކު ބޭނުން ކުރެއްވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ. އެ ސެންޓަރުން ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށް ކޮފީ ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައި އެވެ.

އުރީދޫއިން ކްލަބް ޕްރިމިއާ ޕްރޮގްރާމް ތައާރަފު ކުރިތާ ދެ އަހަރު ވެފައިވާއިރު، އުރީދޫއިން ގެންދަނީ އެ ހިދުމަތް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުންނެވެ. މިރޭ ހުޅުވި ލައުންޖަކީ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ހުޅުވި ފުރަތަމަ ލައުންޖެވެ.

ކްލަބް ޕްރިމިއާ ލައުންޖު ހުޅުވިފަ ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 10:00އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް