މޫނު ބުރުގާ އަޅާތީ ސްކޫލަށް ނުދިއުމަށް އެންގި މަތިވެރީ ޓީޗަރު ވަޒީފާއިން ވަކިކޮށްފި

މޫނު ބުރުގާ އަޅާނަމަ ސްކޫލަށް ނުދިއުމަށް އެންގި. އއ. މަތިވެރީ ސްކޫލްގެ ޕްރައިމަރީ ޓީޗަރު އައިޝަތު ޝުޒީ، 30 އެންމެ ފަހުން ވަޒީފާއިން ވަކިކޮށްފި އެވެ. މިދިޔަ އަހަރުވެސް މޫނު ބުރުގާ އަޅައިގެން އެ ސްކޫލްގ...

14 Aug 2017 | 01:45

މޫނު ބުރުގާ އަޅާނަމަ ސްކޫލަށް ނުދިއުމަށް އެންގި. އއ. މަތިވެރީ ސްކޫލްގެ ޕްރައިމަރީ ޓީޗަރު އައިޝަތު ޝުޒީ، 30 އެންމެ ފަހުން ވަޒީފާއިން ވަކިކޮށްފި އެވެ.

މިދިޔަ އަހަރުވެސް މޫނު ބުރުގާ އަޅައިގެން އެ ސްކޫލްގައި ކިޔަވައިދިން ޝުޒީއަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދިއުމަށް އެންގީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އެޑިއުކޭޝަން މިނިސްޓްރީން އޭރު މަތިވެރީ ސްކޫލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހިދުމަތް ލިބިގަންނަން އަންނަ މީހުންނަށް މުއާމަލާތް ކުރާ މުވައްޒަފަކީ ކާކުކޮށް ސާފުކޮށް އެނގެން ޖެހޭނެ ކަމަށް ސިވިލް ސާވިސް ގަވައިދުގައި ބުނެފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ސާވިސް ކޮމިޝަނުން ޝުޒީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ވަޒީފާއިން ވަކި ކުރީ ސިވިލް ސާވިސް ގަވައިދާ ހިލާފުވެފައިވާތީ ކަމަށެވެ.

ދުވަހަށް މައުލޫމާތު ދެމުން މީގެ ކުރިން ޝުޒީ ބުނެފައިވަނީ ވަޒީފާއިން ވަކި ކުރަންދެން ސްކޫލަށް ދާނެ ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހާއި ހަމައަށް އޭނާ ސްކޫލަށް ވަޒީފާއަށް ނިކުމެ ސްކޫލްގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވި ނަމަވެސް ކިޔަވައިދީފައެއް ނުވެ އެވެ.

http://dhuvas.mv/39911

އެޑިއުކޭޝަން މިނިސްޓްރީން ޝުޒީ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދިއުމަށް އެންގުމުން މަތިވެރީ ސްކޫލްގެ ބެލެނިވެރިން ވަނީ އިހުތިޖާޖުކޮށްފައި އެވެ. އަދި ޝުޒީ އަކީ ކާކުކަން އެ ރަށު މީހުންނަށް އެނގޭތީ އޭނާ މޫނު ބުރުގާ އަޅައިގެން ކިޔަވަ ދިނުން އެއީ މައްސަލައެއް ނޫންކަމަށް ބެލެނިވެރިން ބުނެފައިވެ އެވެ.

ޝުޒީ މަތިވެރި ސްކޫލްގައި މަސައްކަތް ކުރާތާ ހަތް އަހަރުވެއްޖެ އެވެ.

އޭނާގެ އިތުރުން މިދިޔަ ޖެނުއަރީ މަހު އއ. ރަސްދޫ ސްކޫލް ޓީޗަރަކުވެސް ވަނީ މޫނު ބުރުގާ އަޅާތީ ވަޒީފާއިން ވަކިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް