އައިޖީއެމް ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވާގޮތުގައި މި އަލިފާނުގެ ހާދިސާ ހ...

14 Jun 2019 | 06:27

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވާގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ހޮސްޕިޓަލުގެ އިންޖީނު ރޫމުގައެވެ. އަލިފާން ރޯވީ ބެޓެރީތަކެއްގައެވެ.

ހެނދުނު 10:10 ހާއިރު ހިނގި މި ހާދިސާ ހިނގިތާ 15 ވަރަކަށް މިނެޓު ތެރޭގައި އަލިފާން ކޮންޓްރޯލު ކުރެވުނު ކަމަށާއި މިހާރު ކުރަމުން އަންނަނީ ދުން ބޭރުކުރުމުގެ މަސައްކަތް ކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުން ދުން އަރާކަމުގެ މައުލޫމާތު ހެނދުނު 10:09 ހާއިރު ލިބިފައިވެއެވެ. އަދި އެމަޖެންސީ ރޫމުގެ ރެޑް ޒޯން ސަރަހައްދުގައި ތިބި މީހުން އެހެން ސަރަހައްދަކަށް ބަދަލުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އިންޖީނު ރޫމުގައި ހިނގި އަލިފާނުގެ ހާދިސާއިން އެމަޖެންސީ ރޫމަށް ދުމުގެ އަސަރު ކުރީއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް