އެ ފަސް ފަތުރުވެރިން - ފޮޓޯ: އިޓަލީ މީޑިއާ
ވ. އަތޮޅުގެ ކަނޑު އަޑީ ހޮހޮޅައެއްގައި ތާށިވި ކަމަށް ބެލެވޭ ފަސް އިޓަލީ ފަތުރުވެރިންގެ ތެރޭގައި، އިޓަލީގެ މަޝްހޫރު ދިރާސީ ޕްރޮފެސަރަކާއި އޭނާގެ ދަރިފުޅު ވެސް ހިމެނޭ ކަން ޚަބަރުތައް ކަށަވަރުކޮށްފިއެވެ.
އިޓަލީގެ ފޮރިން މިނިސްޓްރީ (ފާރްނެސީނާ) އާއި އިޓަލީގެ ނޫސްތަކުން ޢާންމު ކޮށްފައި ވާ ފަސް ޝިކާރައަކަށްވި މީހުންގެ ވަނަވަރުތައް:
މޮނިކާ މޮންޓެފަލްކޯނޭ (51 އަހަރު)
ޔުނިވަރސިޓީ އޮފް ޖެނޯއާގެ އިކޮލޮޖީ އެސޯސިއޭޓު ޕްރޮފެސަރ. ކަނޑުގެ ތިމާވެށީގެ ދިރާސީ، އިޓަލީގެ ޓީވީ ޝޯތަކުގައި ޢާންމުކޮށް ފެންނަ ނޫސްވެރިޔެއް. ކަނޑުގެ ކޮންޒަރވޭޝަން ދާއިރާގައި ޓަލާޝާ، ގޯސްޓުނެޓު، އެމްއީއާރު އޭ16-އޭ18، އަދި "މަރޭ ކަލްޑޯ" ފަދަ ބޮޑެތި ޕްރޮޖެކްޓުތައް ހިންގި ބޭފުޅެއް. ރާއްޖޭގައި ހުންނެވީ ކަނޑުގެ ހޫނުވުމުގެ އަސަރު މޮނިޓަރ ކުރާ "މަރޭ ކަލްޑޯ" ދިރާސީ ޕްރޮޖެކްޓުގެ ސައިންޓިފިކް ކޯޑިނޭޓަރުގެ ހައިސިއްޔަތުން.
ޖޯރްޖާ ސޮމައްކަލް (20 އަހަރު)
މޮނިކާ ޕްރޮފެސަރުގެ ދަރިފުޅު. ޖެނޯއާގައި ބަޔޯމެޑިކަލް އިންޖިނިއަރިން ކިޔަވަމުން ދިޔަ ދަރިވަރެއް.
މިއުރިއެލް އޮޑެނީނޯ (31 އަހަރު)
ޔުނިވަރސިޓީ އޮފް ޖެނޯއާގެ ޑިސްޓާވްގެ ދިރާސީ. ޓޫރިން ހިސާބުގެ ޕޮއިރީނޯ އިން. މޮނިކާ އާ އެކު "މަރޭ ކަލްޑޯ" ޕްރޮޖެކްޓުގައި މަސައްކަތް ކުރި ކަނޑުގެ ބަޔޯލޮޖިސްޓެއް.
ޖާންލޫކާ ބެނެޑެތީ
ޕަޑުއާ. އިޓަލީގެ އަލްބަޓްރޮސް ޓޮޕް ބޯޓުގެ އޮޕަރޭޝަންސް މެނޭޖަރ، ޑައިވިން އިންސްޓްރަކްޓަރ، ބޯޓު ކެޕްޓަން.
ފެޑެރިކޯ ގުއަލްތިއެރީ
ބޯރްގޯމަނާރޯ (ނޮވާރާ ހިސާބު). ދާދިފަހުން ޑިގްރީ ހާސިލް ކުރި ޒުވާނެއް. އޭނާގެ ތީސިސް ހެދީ ރާއްޖޭގެ ބަޔޯޑައިވަރސިޓީގެ މައްޗަށް. މޮނިކާ ޕްރޮފެސަރާ އެކު ދެ ހަފުތާގެ ދިރާސީ ދަތުރެއްގައި ރާއްޖެ އައިސް އުޅުނީ.
މި ފަސް ފަތުރުވެރިން ތިބީ، 36 މީޓަރުގެ ދިގު "ޑިއުކް އޮފް ޔޯކް" ކިޔާ ލިވްއެބޯޑު ސަފާރީގައެވެ. ލަގްޒަރީ ޔޮޓު މޯލްޑިވްސް ކުންފުނީގެ މި ބޯޓު މާލެ އިން ފުރައި ހަފުތާ ދުވަހުގެ ކްރޫޒެއް ފެށީ، މިދިޔަ އާދިއްތަ ދުވަހުއެވެ. އިޓަލީގެ ފަރާތްތަކަށް މި ބޯޓު ބުކް ކުރުމުގެ ކަންކަން ބަލަހައްޓަނީ، ވެރްބަންޏާގައި ހުންނަ އަލްބަޓްރޮސް ޓޮޕް ބޯޓު ޓުއާ އޮޕަރޭޓަރުންނެވެ.
މި ޑައިވު ކޮށްފައި ވަނީ، ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައެއް އެކްސްޕްލޯ ކުރުމަށް، ގާތްގަނޑަކަށް 50 މީޓަރު (165 ފޫޓު) ގެ ފުންމިނެއްގައެވެ.
މިއީ ޢާންމު ރިކްރިއޭޝަނަލް ޑައިވިން ހުއްދަ ޑެޕްތަށް ވުރެ ފުން ޓެކްނިކަލް ޑައިވިން ފުންމިނެކެވެ. އިޓަލީ ނޫސްތަކުން ބުނާ ގޮތުން، މި ޑައިވަކީ "މަރޭ ކަލްޑޯ" ޕްރޮޖެކްޓުގެ ބައެއް ނޫނެވެ. ވަ
މިއަދު މެންދުރުފަހު 1:45 ހާއިރު ޑައިވަރުން ނޭރުމުން، ބޯޓުގެ ކްރޫ ވަނީ ފުލުހުންނަށް ރިޕޯޓު ކޮށްފައެވެ. އެމްއެންޑީއެފް ކޯސްޓު ގާޑުން ހައި-ރިސްކް ހޯދުމުގެ އޮޕަރޭޝަނެއް ހިންގި އިރު، މިހާތަނަށް ފެނިފައި ވަނީ އެކެއްގެ ހަށިގަނޑު ކަމަށާއި، ބާކީ ހަތަރު ޑައިވަރުން ވެސް 200 ފޫޓު ދިގު މި ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބި ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ޑައިވިން ތަޖުރިބާކާރުންގެ ނަޒަރުގައި، މި ހާދިސާ ހިނގަން ދިމާވި ފުރަ ސަބަބަކަށް ވުމުގެ ފުރުޞަތު ބޮޑީ، ފުން ޑައިވިން ގައި ޢާންމުކޮށް ދިމާވާ "އޮކްސިޖަން ޓޮކްސިސިޓީ" (ހައިޕަރޮކްސިއާ) ކަމަށެވެ. ނަމަވެސް މިއީ ތަޖުރިބާކާރުންގެ ފުރަ ނިންމުމެއް އެކަންޏެވެ. ކަމާ ބެހޭ ފަރާތްތަކުން ފުރަ ސަބަބު އަދި ޢާންމު ކޮށްފައި ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް