ސީޝެލްސްގެ ފޮރިން މިނިސްޓަރަކު ފުރަތަމަ ފަހަރަށް ރާއްޖެއަށް

ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯ، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ފޮރިން މިނިސްޓްރީން ބުނީ، މިއީ ސީޝެލްސްގެ ފޮރިން މިނިސްޓަރެއް ފުރަތަމަ ފަހަރަށް ރާއްޖެ އަށް ކުރައްވާ ރަސްމ...

14 May 2026 | 06:02
ސީޝެލްސްގެ ފޮރިން މިނިސްޓަރު ރާއްޖޭގައި - ފޮޓޯ: ފޮރިން މިނިސްޓްރީ

ސީޝެލްސްގެ ފޮރިން މިނިސްޓަރު ރާއްޖޭގައި - ފޮޓޯ: ފޮރިން މިނިސްޓްރީ

ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯ، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިއީ ސީޝެލްސްގެ ފޮރިން މިނިސްޓަރެއް ފުރަތަމަ ފަހަރަށް ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކަމަށާއި، މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމުގައި މުހިންމު ހާދިސާ އެއް ކަމަށެވެ. މި ދަތުރުފުޅު ރޭވިފައި ވަނީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ދަޢުވަތުގެ މަތިންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޮރިން މިނިސްޓަރު ފޯ އަށް މަރުޙަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ފާޠިމަތު އިނާޔާ އާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ފޯ، މިނިސްޓަރު އިރުތިޝާމް އާދަމް އާ ބައްދަލު ކުރައްވައި، ބައި-ލެޓެރަލް އަދި މަލްޓި-ލެޓެރަލް ފެންވަރުގައި ދެ ޤައުމަށް މަސްލަޙަތު ހުރި ދާއިރާތަކުން ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވާ ގޮތުން، މި ދަތުރުފުޅަކީ ރާއްޖެ އާއި ސީޝެލްސްގެ ދެމެދު އޮތް ގާތް އަދި ރަޙްމަތްތެރި ގުޅުމުގެ ރަމްޒެކެވެ. ޚާއްޞަކޮށް ކުދި ޖަޒީރާ ދައުލަތްތަކުގެ (އެސްއައިޑީއެސް) ޤައުމުތަކެއްގެ ހައިސިއްޔަތުން، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ހުރި ޢަޒުމް މި ދަތުރުފުޅު ކަށަވަރުކޮށްދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް