އެކްސިޑެންޓުވި ސަރަހައްދުގެ މަންޒަރެއް -
ހުޅުމާލެ-މާލެ ހައިވޭ ގައި ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވީ އިންޑިއާގެ 50 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ރޭ 10:12 ހާއިރު ހިނގި މި އެކްސިޑެންޓު މެދުވެރިވީ ހައިވޭ ގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަޙައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށު ވުމުން ކަމަށެވެ. އެކްސިޑެންޓު ހިނގާފައި ވަނީ ހައިވޭގެ، ހުޅުމާލެ އިން މާލެ އަށް ދަތުރުކުރާ ފަޅި، އެއާޕޯޓު ލައިޓް ކައިރިންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް