މާލޭގައި ތާށިވެފައި ތިބި މީހުން ގެންދަން އިތުރު ފެސިލިޓީތަކެއް ހަމަޖައްސައިފި

މާލޭ ސިޓީގެ ލޮކްޑައުން އާއި ގުޅިގެން ރަށަށް ނުދެވި ތާށިވެފައި ތިބި މީހުން ކަރަންޓިން ކުރަން އިތުރު ފެސިލިޓީތަކެއް ހަމަޖައްސައިފި އެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އި...

14 May 2020 | 08:00

މާލޭ ސިޓީގެ ލޮކްޑައުން އާއި ގުޅިގެން ރަށަށް ނުދެވި ތާށިވެފައި ތިބި މީހުން ކަރަންޓިން ކުރަން އިތުރު ފެސިލިޓީތަކެއް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިތުރު ތިން ރިސޯޓު ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ. ހޮނޑާފުށި ރިސޯޓާއި ފ. ފިލިތެޔޮ ރިސޯޓު އަދި މ. މެދުފުށި ރިސޯޓެވެ.

މިނިސްޓަރު ވިދާޅުވީ މިއީ އުނދަގޫ މަސައްކަތްތަކަކަށްވިޔަސް އަތޮޅުތެރެއަށް ބަލި ފެތުރުނަ ނުދިނުމަށް މިއީ ވަރަށް ބޭނުންތެރި ކަންކަންކަން ކަމަށެވެ. މިނިސްޓަރު ވަނީ ހުރިހާ ރައްޔިތުން ކެތްތެރިކަމާއި އެކު ތިއްބެވުމަސް އިލްތިމާސް ކުރައްވާފައި އެވެ.

https://twitter.com/ali20waheed/status/1260820959755264000

މީގެ ކުރިން ރަށްރަށަށް ނުދެވި ތިބި މީހުން ކަރަންޓީން ކުރަމުން އައީ އައްޑޫ ހެރަތެރެ އާއި ދ. އިރުވެލި ރިސޯޓްގެ އިތުރުން ޅ. ފުށިފަރު ރިސޯޓާއި ރ. ފުރަވެރި ރިސޯޓްގަ އެވެ.

މާލޭގައި ތިބި މީހުންގެ ތެރެއިނ 5،000 އަށްވުރެ ގިނަ މީހުން ވަނީ ރަށްރަށަށް ދިއުމަށް އެފދިފައި އެވެ. އެންއީއޯސީން ބުނީ އޭގެ ތެރެއިން މާލޭގައި ނުދެވި ތާށިވެފައި ތިބީ 1،600 އެއްހާ މީހުން ކަމަށެވެ.

މިމީހުންގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން ވަނީ ޓްރާންސިޓް ކަރަންޓިން ފެސިލިޓީތަކަށް ގެންގޮސްފައި އެވެ. އެމީހުންނަށް ރަށަށް ދެވޭނީ ފެސިލިޓީތަކުގައި 14 ދުވަސް ހަމަކޮށް ކޯވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 955 މީހަކު ޕޮސިޓިވްވެފައިވާއިރު ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ.

މި ބަލިން 40 މީހަކު ރަނގަޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް