އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ރާއްޖެއަށް

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖު، ރަސްމީ ދަތުރުފުޅެއްގައި އަންނަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސްވަރާޖުގެ ...

14 Mar 2019 | 05:21

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖު، ރަސްމީ ދަތުރުފުޅެއްގައި އަންނަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސްވަރާޖުގެ ދަތުރުފުޅަށް ރާއްޖޭން ތައްޔާރުވަމުން އަންނަ އިރު، އެ ދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް އެއްވެސް ގައުމަކުން ހާމައެއް ނުކުރެ އެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުންތައް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވަރަށް ބޮޑަށް ހީނަރުވެގެން ދިއުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ އެކު އެ ގުޅުންތައް އަލުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް