ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދު ނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ
މިނިސްޓަރު ނަހުލާ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކާފައިމިވަނީ މިރޭ ހުޅުމާލޭގައި އަލަށް ހުޅުވި ޓްރީޓް ހޮޓެލް ހުޅުއްވައި ދެއްވުމަށްފަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނަހުލާ މިހެން ވިދާޅުވިއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ ޖުމްހޫރީ ޕާޓީގެ ތާއިދު ޕީޕީއެމް އާއި ޕީޕީއެންސީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ ކުރީގެ ރައީސް ޔާމީނަށް ދުވަހަކު ވެސް މާފު ނުކުރައްވާނެ ކަމަށެވެ. ޔާމީންގެ ވެރިކަމުގައި އޭނާގެ ފިރިކަލުން ގާސިމް އިބްރާހީމް ވަނީ ޖަލަށްލި އެވެ. އަދި ގާސިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ވެސް ޖަލަށްލައި ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް