ޝަރުތު ތަކަކާކު ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށްފި

ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަކަށްފަހު ޖަލަށް ގެންގޮސްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޝަތުރުތަކަކާއެކު ގޭ ބަންދަށް ބަދަލުކ...

14 Mar 2019 | 01:48

ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަކަށްފަހު ޖަލަށް ގެންގޮސްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޝަތުރުތަކަކާއެކު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކަރެކްޝަންސް އިން ރޭގެ ވަގުތެއްގައި ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ގޭބަންދަށް ބަދަލުކޮށްފައިވަނީ ޑޮކްޓަރުން ދެއްވި ލަފަޔާ އެއްގޮތަށް ކަމަށެވެ.

"ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބެލިހާލަތު ހުރިގޮތުން ޑޮކްޓަރ ދެއްވާފައިވާ ލަފަޔާއި އެއްގޮތަށް މިރޭ ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރެވިފައެވެ." ކަރެކްޝަންސްގެ ނޫސްބަޔާނުގައި ވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކުރެވުނީ ގޭބަންދުގައި ހުންނައިރު އަމަލުކުރަންޖެހޭ ޝަރުތުތަކެއް ކަނޑައެޅުމަށްފަހު އެމަނިކުފާނު އަދި އެމަނިކުފާނުގެ އަނބިކަނބަލުންވެސް އެ ޝަރުތަކާއި އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެވަޑައިގަތުމުން ކަމަށެވެ.

ރައީސް ޔާމީން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ، އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑަރ ކުރައްވައި އެ ފައިސާއިން މަންފާ ހޯއްދެވިކަމަށް ބުނާ މައްސައިގެ ހެއްކަށް ނުފޫޒުފޯރުވަމުން އަންނަ ކަމަށް ދައުލަތުން ބުނުމުންނެވެ.

ރިމާންޑު ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރި ނަމަވެސް ގިނަ އެ މުއްދަތުގައި ގިނަ ދުވަހު ރައީސް ޔާމީން ހޭދަކުރައްވާފައިވަނީ ހޮސްޕިޓަލުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް