މީރާގެ ކަލެކްޝަން ސެންޓަރެއް ވިލިނގިލީގައި ހުޅުވައިފި

މޯލްޑީވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކަލެކްޝަން ސެންޓަރެއް ގއ. ވިލިނގިލީގައި ހުޅުވައިފި އެވެ. މީރާއިން ބުނީ އެ ސެންޓަރުން މާލޭގެ މީރާ އޮފީހަށް ބަލައިގެންނަ ހުރިހާ ޓެކްސްއެއް ބަލައިގަނެ، މ...

14 Feb 2020 | 08:53

މޯލްޑީވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކަލެކްޝަން ސެންޓަރެއް ގއ. ވިލިނގިލީގައި ހުޅުވައިފި އެވެ.

މީރާއިން ބުނީ އެ ސެންޓަރުން މާލޭގެ މީރާ އޮފީހަށް ބަލައިގެންނަ ހުރިހާ ޓެކްސްއެއް ބަލައިގަނެ، މީރާ އާއި ގުޅޭ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ.

އެގޮތުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަންނާނެ އެވެ. އަދި ޓެކްސް އަދި މީރާއަށް ބަލައިގެންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާ ގުޅުންހުރި މައުލޫމާތު ދޭނެ އެވެ.

ވިލިނގިލީ ކަލެކްޝަން ސެންޓަރީ އެ ސަރަހައްދުގެ ރައްޔިތުންނާއި ޓެކްސް ދައްކާ ފަރާތް ތަކަށް މީރާގެ ހިދުމަތްތައް ވީހާ ވެސް ގާތުން ދޭން ކުރާ މަސައްކަތްތަކުގެ ތެރެއިން ހުޅުވި ތަނެއް ކަމަށް މީރާއިން މައުލޫމާތު ދެ އެވެ. މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލާއި، ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދެވެ.

މީރާއިން ބުނީ މިހާރު15 އަތޮޅެއްގައި އެ އޮތޯރިޓީގެ16 ކަލެކްޝަން ސެންޓަރެއް ގާއިމްކޮށް ހިދުމަތް ދެމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް